މި ފުރުސަތު ހުޅުވާލާފައިވަނީ 30 ޖުލައި 2025 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށެވެ.
ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްތަކުގެ ހެނދުނު 8:30 އިން މެންދުރު 12:00 އަށް ރައީސް އޮފީހަށް ކަމަށްވެސް އެ އޮފީހުން ބުންޏެވެ.
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ކުރިން ހުޅުވާލައި، 24 ޖޫން 2025 ގައި ކޮށްފައިވާ ނަންބަރު 1/2025/59/ޕީ.އޭ.އޯ-1(އައި.ޔޫ.އެލް) އިއުލާނާ ގުޅިގެން ކުރިމަތިލާފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ ލިޔުންތައް ބަލައިގެންފައިވާ ކަމަށްވެސް ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ.