ފަލާހު މިފަދައިން ވިދާޅުވީ އަނގާރަ ދުވަހުގެ މަޖިލީސް ޖަލްސާގައި، ޓްރޭޑް މާކް ބިލަށް ބަހުސް ކުރައްވަމުން ދެއްކެވި ވާހަކައިގައެވެ.
އިދިކޮޅު ޕާޓީއަށް އަމާޒުކޮށް ދެއްކެވި ވާހަކައިގައި ފަލާހު ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވީއިރު ދައުލަތުގެ ހާލަތު އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ އިދިކޮޅު އެމްޑީޕީއަށް ކަމަށާއި، ޑޮލަރު ރޭޓު ހުރި ވަރާއި އަރައިގެން ދިޔަ ވަރުގެ އިތުރުން މިހާރު ގެނެސްފައިވާ ބަދަލުތައްވެސް އެމްޑީޕީއިން ރަނގަޅަށް ދަންނާނެ ކަމަށެވެ. އަދި މައްސަލަތައް ބެލުމަށް ގާނޫނުތަކަށް ރައްކާތެރި ބަދަލުތަކެއް ގެނެވި، ނިޒާމުތަކެއް ބައްޓަން ކުރެވިގެން ނޫނީ އެކަންކަން ނުހޯދޭނެ ކަމަށާއި، ނަމަވެސް މި ސަރުކާރުން އެކަންކަން ހޯދައި އިންސާފު ގާއިމްކުރާނެ ކަމަށް ފަލާހު ވިދާޅުވިއެވެ.