ads
މޫސުން ގޯސް ދުވަހެއް: ފޮޓޯ ސީކްރެޓް ޕެރަޑައިސް
ރާއްޖެއަށް ގަދަ ވިއްސާރައެއް ކުރިމަތިވާކަމުގެ އިންޒާރު ދީފީ
ބުރާސްފަތި ދުވަހުން ފެށިގެން ކުރިއަށް އޮތް ހަތަރު ދުވަހު މުޅި ރާއްޖެއަށް ގަދަ ވިއްސާރައެއް ކުރިމަތިވާނެ ކަމުގެ އިންޒާރެއް މެޓް އޮފީހުން މިއަދު ދީފިއެވެ.
Advertisement

މިއަދު ނެރުނު މޫސުމީ އެވްޑައިޒަރީއެއްގައި އެ އޮފީހުން ބުނީ ހުޅަނގު މޫސުމުގެ ބާރުގަދަވެ، ރާއްޖޭގެ ހުރިހާ ހިސާބެއްގައި މޫސުން ގޯސްވާނެ ކަމަށެވެ.

މެޓް އޮފީހުން ދިން އިންޒާރުގައި އިތުރަށް ބުނެފައިވަނީ އެ ދުވަސްތަކުގައި ވައިގަދަވެ، ކަނޑުތައް ވެސް ގަދަވާނެކަމަށެވެ. އަދި ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަކުރުމުގެ އިތުރުން ގުގުރާނެ ކަމަށް ވެސް ބުންޏެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ފޯރާނެ ކަމަށް ވެސް އިންޒާރުދީފިއިވެއެވެ.

މޫސުން ގޯސްވާނެ ކަމަށް ފެންނާތީ، މެޓް އޮފީހުން ވަނީ އެންމެން ވެސް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ.

 ހާއްސަކޮށް ދަތުރުވެރިން މޫސުމާ ބެހޭ އެންމެފަހުގެ މައުލޫމާތު ހޯދައިގެން ދަތުރުފަތުރުކުރުމަށް އެދިފައިވެއެވެ. 

 މިހާރު ރާއްޖެއަށް މި ކުރަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ.

39%
ކަމުގޮސްފި
44%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް