
ކުރިއަށް އޮތް ހަފްތާ ބަންދުގައި ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެކަމަށް އެ އިދާރާއިން ލަފާކޮށްފައިވެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާގެ އިން ބުނީ މޫސުން އެންމެ ބޮޑަށް ގޯސްވާނެކަމަށް ލަފާކުރެވެނީ އުތުރާއި މެދުރާއްޖެތެރެއަށް ކަމަށެވެ. އެގޮތުން ހޮނިހިރު ދުވަހު ދެކުނުގެ އަތޮޅުތަކަށްވެސް މޫސުން ގޯސްވެ، އާދިއްތަ ދުވަހުން ފެށިގެން މޫސުން އަލިވާން ފަށާނެކަމަށް ލަފާކުރެވޭކަމަށް އެ އޮފިޝަލު ވިދާޅުވިއެވެ. ރާއްޖެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ބާރު ގަދަވާނެކަމަށް ލަފާކުރެވޭތީ ކުރިއަށް އޮތް 4 ދުވަހުވެސް މޫސުން ގޯސްވާނެކަމަށް އެ އިދާރާއިން ލަފާކޮށްފައިވެއެވެ.
މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުގައި ވައި ޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށް ލަފާކޮށްފައިވެއެވެ. ކަނޑުތައް ގަދަވެފައި ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާއި 7 ފޫޓާ ދެމެދުގައި ކަމަށާއި، ދިޔަވަރު ބޮޑު ގަޑިތަކުގައި އުދައިގެ އަސަރުކުރުން އެކަށީގެންވާކަމަށްވެސް އެ އިދާރާއިން ބުންޏެވެ. ޚާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.