ads
ހުޅުމާލެ ފިތުރޯނު މަގުގައި ހުރި ބޮޑު ފިތުރޯނު ގަހެއް ވެއްޓިފައި - ފޮޓޯ؛ މިހާރު
ހުޅުމާލެ ފިތުރޯނު މަގުން ފިތުރޯނު ގަހެއް ވެއްޓި ބޮޑެތި ގެއްލުންތަކެއް
މިހާރު ކުރަމުންދާ ވިއްސާރާގައި ހުޅުމާލެ ފިތުރޯނު މަގުން ފިތުރޯނު ގަހެއް ވެއްޓި ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
Advertisement

މިއަދު މެންދުރު 13:30 އާ ހަމައަށް ހއ. އިން ފެށިގެން ފ. އަތޮޅާ ހަމައަށް ވަނީ ޔެލޯ އެލާޓް ނެރެފަ އެވެ. މި އަތޮޅުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވެ، ކަޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ.

މިއަދު ހަވީރު 17:00 އާ ހަމައަށް ދ. އިން ފެށިގެން އައްޑޫ އަތޮޅާ ހަމައަށް ހުދު ސަމާލު ވަނީ ނެރެފަ އެވެ. ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ގަޑިއަކު 25 މޭލާ ހަމައަށް ވައިޖެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ މޫސުން ގޯސްވާނެ އެވެ. އެ ދުވަސްތަކުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް މެޓު އޮފީހުން ބުންޏެވެ.

މޫސުމަށް ސަމާލުވެ އާންމު ދިރިއުޅުގައި އުޅުމަށް މެޓު އޮފީހުން އިލްތިމާސް ކުރެ އެވެ. އަދި މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު އަދާހަމަކޮށްގެން މެނުވީ ދަތުރު ނުކުރަން ވެސް އެ އޮފީހުން އިލްތިމާސް ކުރެ އެވެ.

މިއަދު ފުލުހުން ބުނީ މިހާރު ކުރަމުންދާ ވިއްސާރާގައި ވައިގަދެވެ މާލޭ އަދި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގައި ގަސް ވެއްޓުމާއި، ފުރާޅު އެއްލާލުން ފަދަ ހާދިސާތައް ހިނގާފައިވާ ކަމަށެވެ.

އެގޮތުން ހުޅުމާލެ ފިތުރޯނު މަގުގައި، ވަން އެވެނިއު ކުރިމައްޗަށް އަދި އޯޝަން ފްރޮންޓް ކުރިމަތީ ހުރި ބޮޑު ފިތުރޯނު ގަހެއް އެ ކޮޅިގަނޑުގެ ތެރޭގައި މުލުން ލުހިގެން ވަނީ ސައިކަލުތަކުގެ މައްޗަށް ވެއްޓިފަ އެވެ. އެ ތަނުގައި ހުރި ހަ ވަރަކަށް ސައިކަލަށް ގެއްލުން ވެފައިވާ ކަމަށް ފުލުހުން އާންމު ކުރި ފޮޓޯތަކުން ފެނެ އެވެ.  

"މޫސުން ގޯސްވެ، ވައިގަދަވާ ވަގުތުތަކުގައި ބޭރުގައި އުޅުއްވާއިރު ހާއްސަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކުރަން. ފުލުހުން ބުންޏެވެ.

މި މަހުގެ 20 އާ ހަމައަށް ރާއްޖެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ބާރުގަދަވެ، ވަޔާއި ކަނޑު ގަދަވާނެ ކަމަށާއި ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށް މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ ދުރާލާ އިލްތިމާސްކޮށްފަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް