އެމްއެންޑީއެފް އިން ބުނީ ގދ. މަޑަވެއްޔާ ދިމާލު ބޭރުން ޑިންގީއެއް އޮޔާދާ ކަމަށް މިއަދު ހެނދުނު 8:39 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓުކުރި ކަމަށެވެ.
އޮޔާދާ ޑީންގީ ހޯދަމުންދަނިކޮށް، އެ ޑިންގީ ބަންޑުން ޖަހާލާފައި އޮއްވާ މިއަދު 11:04 އެހައިކަންހާއިރު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެ ޑިންގީ ބަންޑުން ޖަހާލުމުން އެ ޑިންގީގައި ދަތުރުކުރި ދެ މީހުން، ޑިންގީ މަތީގައި ސަލާމަތުން ތިއްބާ ފެނިފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.
ޑިންގީ ދަތުރުކުރީ 40 އަހަރާއި 66 އަހަރުގެ ދިވެހި ދެ ފިރިހެނުންކަމަށް ފުލުހުން ބުނެއެވެ. އެ ދެ މީހުންގެ ހާލު ރަނގަޅުކަމަށްވެސް ފުލުހުން ބުނެއެވެ.