
މެޓުން ހާމަކުރި މައުލޫމާތުގައިވާ ގޮތުން، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ދެ ރަށަށް ގަޑިއަކު 54 މޭލުގެ ބާރުމިނުގައި ވައިޖެހިފައިވެއެވެ.
ދެވަނައަށް އެންމެ ގަދައަށް ވައިޖެހުނީ ކ. ދިއްފުށްޓަށެވެ. އެ ރަށަށް ވިލާގަނޑުގައި ގަޑިއަކު 49 މޭލުގެ ބާރުމިނުގައި ވައިޖެހިފައިވެއެވެ. ހަމައެއާއެކު، ތިންވަނައަށް އެންމެ ގަދައަށް ވައިޖެހުނީ ފ. ނިލަންދޫއަށް ކަމަށްވާއިރު، އެ ރަށަށް ވިލާގަނޑުގައި ގަޑިއަކު 48 މޭލުގެ ބާރުމިނުގައި ވައިޖެހިފައިވެއެވެ. ގދ. ކާޑެއްދޫ އަދި ސ. ގަން އަށް ގަޑިއަކު 46 މޭލުގެ ބާރުމިނުގައި ވައިޖެހިފައިވާއިރު، ހދ. ކުޅުދުއްފުށްޓަށް ގަޑިއަކު 47 މޭލުގެ ބާރުމިނުގައި ވައިޖެހިފައިވާކަން މެޓުން ހާމަކޮށްފައިވެއެވެ.
މިހާރު ކުރަމުންދާ މޫސުމަށް ބަލާއިރު، ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް، އިއްޔެ ރާއްޖޭގެ ބޮޑުބަޔަކަށް ވައިޓް އެލާޓް މެޓުން ނެރެފައިވެއެވެ. މެޓުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މިއަދު ބޯކޮށް ވާރޭވެހުމާއެކު ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވެ، އުދަ އަރާނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.