ads
ޝާހްރުކް ހާން
ފިލްމުގެ ޝޫޓިންގްގެ ތެރެއިން ޝާހްއަށް އަނިޔާ ތަކެއް ލިބިއްޖެ
ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހްރުކް ހާން، ސިދާތު އާނަންދުގެ ކުރިއަށް އޮތް ފިލްމު "ކިންގް"ގެ އެކްޝަން މަންޒަރެއްގެ ޝޫޓިންގްގައި އުޅެނިކޮށް އަނިޔާ ތަކެއް ލިބިއްޖެ އެވެ.
Advertisement
  1. މި ހާދިސާ ހިނގާފައިވަނީ މުމްބާއީގެ ގޯލްޑަން ޓޮބާކޯ ސްޓޫޑިއޯގަ އެވެ. އަނިޔާ ސީރިއަސް ނޫން ނަމަވެސް، ފަރުވާ ބޭނުންވާ މިންވަރު ބޮޑު ކަމަށް އިންޑިއާގެ ނޫސް ތަކުން ބުނެ އެވެ. އަދި އޭނާ ވަނީ އިތުރު ފަރުވާ ހޯދުމަށް އެމެރިކާއަށް ދަތުރުކޮށްފައިވާ ކަމަށާއި އޭނާއަށް އެއްމަސް ދުވަހު އަރާމުކުރުމަށް ލަފާދީފައިވާ ކަމަށް ވެސް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ.

މިކަމާ ގުޅިގެން، ޖުލައި އަދި އޮގަސްޓް މަހަށް ހަމަޖެހިފައިވާ ހުރިހާ ޝޫޓިންގްތަކެއް ވަނީ ފަސްކޮށްފަ އެވެ. ފިލްމު އުފެއްދުމުގެ ޓީމުން މިހާރު ރާވަމުންދަނީ، ޝާހްރުކް ފުރިހަމައަށް ރަނގަޅުވެ، ހަރުދަނާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ސެޓަށް އެނބުރި އައުމުން، ސެޕްޓެމްބަރު ނުވަތަ އޮކްޓޯބަރު މަހު ޝޫޓިންގް އަލުން ފެށުމަށެވެ.

"ކިންގް" އަކީ ފިލްމީ ދުނިޔޭގައި ވަރަށް ބޮޑަށް އިންތިޒާރުކުރެވޭ ފިލްމެކެވެ. މި ފިލްމަކީ ޝާހްރުކް އޭނާގެ ދަރިފުޅު ސުހާނާއާ އެކު ފުރަތަމަ ފަހަރަށް ބޮޑު ސްކްރީނަށް ނުކުންނަ ފިލްމުވެސް މެއެވެ. މީގެ އިތުރުން ދީޕިކާ ޕަޑުކޯން، އަބިޝެކް ބައްޗަން، ރާނީ މުކަރްޖީ، އަނިލް ކަޕޫރު، ޖައިދީޕް އަހްލާވަތު، ޖެކީ ޝްރޮފް، ސައުރަބް ޝުކްލާ، ރާގަވް ޖުޔާލް، އަރުޝަދު ވާރްސީ އަދި ފަހީމް ފަޒްލީ ފަދަ ގިނަ ތަރިންތަކެއް މި ފިލްމުގައި ހިމެނެ އެވެ. އިންޑިއާ އާއި ޔޫރަޕްގެ އެކި ހިސާބުތަކުގައި ހިނގާ މި ވަރުގަދަ ތުރިލާ ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ ފަހުކޮޅުގަ އެވެ.

އިންޑިއާގެ އެންމެ މަގުބޫލު ފިލްމީ ތަރިންގެތެރޭ ހިމެނުމުގެ އިތުރުން ބައިނަލްއަގްވާމީ ދުނިޔޭގައި ވެސް ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ އެކްޓަރު ޝާހަކީ އަބަދުވެސް ފިލްމީ މަސައްކަތްތަކަށް ވަރަށް ބޮޑު އިސްކަމެއްދޭ އެކްޓަރެއް ކަމަށާއި މީގެކުރިންވެސް ފިލްމުތަކުގެ ޝޫޓިންގްތަކުގައި އުޅެނިކޮށް އެކްޓަރަށް އަނިޔާވެފައި އެބަހުރި ކަމަށް ކިންގް ޚާންގެ ޓީމުން ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް