ads
ބީއެމްއެލްގެ ދުވުމެއްގައި ކުޑަކުދިންތަކެއް -- ފޮޓޯ: ބީއެމްއެލް
"ބީއެމްއެލް ވާއު ކިޑްސް ރަން"ގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި
ބީއެމްއެލް އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ބާއްވަމުން އަންނަ "ބީއެމްއެލް ވާއު ކިޑްސް ރަން" އަންނަ ސެޕްޓެމްބަރު މަހު ބާއްވަން ނިންމައި އެކަން އިއުލާންކޮށްފި އެވެ.
Advertisement

12 ސެޕްޓެމްބަރުގެ ހަވީރު ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވާ މި ދުވުމުގައި ބައިވެރިވާން ވަނީ ހުޅުވާލާފަ އެވެ.

ބީއެމްއެލްއިން ވިދާޅުވީ މި އަހަރުގެ ދުވުމުގައި ދެ އަހަރާއި ތިން އަހަރުގެ ކުދިން ބެލެނިވެރިންނާއެކު ދުވާނީ އެއް ކިލޯ މީޓަރަށްކަމަށެވެ. ހަތަރު އަހަރާއި ހަ އަހަރާ ދެމެދުގެ އުމުރުފުރާގެ ކުދިން ބެލެނިވެރިންނާއެކު ދުވާނީ ދެ ކިލޯ މީޓަރަށެވެ. ގުރޫޕާއި އަށް އަހަރާއި 10 އަހަރާ ދެމެދުގެ ކުދިން ދުވާނީވެސް ބެލެނިވެރިންނާ އެކުގައިކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ.

މި ދުވުމުގައި ހަތް އަހަރާއި ނުވަ އަހަރާ ދެމެދުގެ އުމުރުފުރާއަށް ތިން ކިލޯމީޓަރު ހަމަޖެހިފައިވާއިރު ބޭނުންނަމަ ބެލެނިވެރިއަކާއެކުވެސް ދުވެވޭނެ އެވެ.

ދިހަ އަހަރާއި 16 އަހަރާ ދެމެދުގެ އުމުރުފުރާގެ ކުދިންނަށް ހަތަރު ކިލޯމީޓަރު ދުވުމުގެ ފުރުސަތު ލިބޭއިރު 10 އަހަރާއި 16 އަހަރާ ދެމެދުގެ އުމުރުފުރާގެ ދުވުން ކުރިއަށް ދާނީ ޓައިމްކޮށްގެންނެވެ.

"ބީއެމްއެލް ވާއު ކިޑްސް ރަން" އަކީ މަޖާ ހަރަކާތްތަކާއި ކުޅިވަރުތައް ކުޅެވޭނެ ސްޓޭޝަންތަކާއެކު ބާއްވަން ހަމަޖެހިފައިވާ ދުވުމެކެވެ. މިއީ މި ދުވުން ބާއްވާ 10 ވަނަ އަހަރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް