ads
ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން
ރޮލެކްސް ގަޑިއެއް ވަގަށް ނެގި އަންހެނަކު ހައްޔަރުކޮށްފި
ރޯލެކްސް ގަޑިއެއް ވަގަށް ނެގި އަންހެނަކު ހައްޔަރުކޮށްފިއެވެ.
Advertisement

ރޯލެކްސް ގަޑިއަކާއި، އަގުބޮޑު ކެމެރާ ލެންސެއްގެ އިތުރުން އެހެނިހެން ތަކެތި ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރުކޮށްފައިވަނީ، މ. ޕެރީވިންކްލް، އުމުރުން 26 އަހަރުގެ، މައިޝާ މުހައްމަދެވެ. ރެކޯޑްތަކުން އެނގޭ ގޮތުގައި ކުރިންވެސް މި އަންހެން މީހާއަކީ ބަންދުކޮށްފައިވާ މީހެކެވެ. އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށްވަނީ މުއްދަތު ޖަހާފައެވެ.

މި ފަހަރުގެ ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާ ހައްޔަރުކުރީ، ފުލުހުން މާލެ ތެރޭ ޕެޓްރޯލް ކުރަމުން ދަނިކޮށް، މަޖީދީ މަގު ސިޓީ ޝޫޒް ކުރިމަތީ ޕާކްތެރޭ އިން މީހާ ފުލުހުން ފެނުމުން އޭނާ އަޅުވައިގެން އިން ކަޅުކުލައިގެ ދަބަހާއި ކެމެރޭ ލެންސް ދަބަސް ފޮރުވަން އުޅުމުން ސުވާލުކޮށް ބަލައިފާސްކުރުމުގައި ވައްކަންކުރުމުގެ ތުހުމަތުކުރެވިގެންނެވެ.

އޭނާގެ އަތުގައި އޮތް ދަބަހުގެ އަރިމަތީ ބައިން ރޯލެކްސް ގަޑިއެއް ފެނުން ކަން ބަންދު އަމުރުގައި ބަޔާންކޮށްފައިވެއެވެ. ރޮލެކްސް ގަޑިއަކީ ދުނިޔޭގެ އެންމެ އަގުބޮޑު ބްރޭންޑްގެ ގަޑިއެވެ. އެ ބްރޭންޑްގެ އެންމެ އަގުހެޔޮ ގަޑިއެއްވެސް ތިން ހާސް ނުވަތަ ހަތަރު ހާސް ޑޮލަރަށް އަރާނެއެވެ. އޭނާގެ ބޮޑީ ޗެކްކުރިއިރު އޭނާ އަޅައިގެން ހުރި ކަޅު ދަބަހުގެ ތެރެއިން އެއް ރޮލެކްސް ގަޑިއާއި، އެއް އެޕަލް އައިފޯނު އެކްސާއި، ދެ ސޭންޑިސްކް އެކްސްޓާނަލް ހާޑާއި، އެއް ހީޓު ސިނގިރެޓު ފެނިފައިވާ ކަމަށް ބަންދު އަމުރުގައި ބަޔާންކޮށްފައިވެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް