މި ހިދުމަތް ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ކެނދިކުޅުދޫގައި ބަހުގެ ހިދުމަތް ފައްޓަވާ ރައީސް ޑރ. މުއިއްޒު ވަނީ ބަހުގެ ހިދުމަތް ތަޖުރިބާ ކުރައްވާފަ އެވެ.
ހިދުމަތުގައި ބޭނުންކުރާނީ 30 މީހުންގެ ޖާގައިގެ ބަހަކާއި 72 މީހުންގެ ޖާގައިގެ ބަހެކެވެ.
ބިމުގެ ގޮތުން ބޮޑު ކެނދިކުޅުދޫގައި ބަހުގެ ހިދުމަތް އެ ރަށުގެ ދެ އަވަށުގެ ސްކޫލު ކުދިންނަށް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެމްޓީސީސީން ބަހުގެ ހިދުމަތް ދިނުމުގައި ސްކޫލް ދަރިވަރުންގެ އަތުން ފީއެއް ނުނަގަ އެވެ.
އާރްޓީއެލްގެ ބަހުގެ ހިދުމަތް ކެނދިކުޅުދޫގައި ފަށާފައިވާއިރު، ރާއްޖޭގައި މީހުން ދިރިއުޅޭ އާބާދީގެ ގޮތުން، ބޮޑެތި ރަށްރަށާއި ސިޓީތަކުގައި ބަހުގެ ހިދުމަތް ފޯރުކޮށްދެ އެވެ.