ads
ބީބީއެމް އާއި ޓީޓީއެމްގެ އޮފިޝަލުން - ފޮޓޯ:ބީއެމްއެލް
ޓީޓީއެމްގެ ބޭންކިން ބައިވެރިއަކަށް ބީއެމްއެލް ހަމަޖައްސައިފި
ޓްރެވެލް ޓްރޭޓް މޯލްޑިވްސް (ޓީޓީއެމް)ގެ ބޭންކިން ޕާޓްނަރަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައިފި އެވެ.
Advertisement

ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ ޓްރެވެލް ޓްރޭޑް ޝޯ، ޓީޓީއެމްއަކީ ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ހިދުމަތްތައް އަގުވަޒަންކުރާ އިވެންޓެކެވެ.

އަންނަ މަހު 27 އަދި 28ގައި ބާއްވާ ޓީޓީއެމްގެ 9 ވަނަ އެޑިޝަންގައި ޓީޓީއެމް އެވޯޑްސް ނައިޓާއި ގާލާ ނައިޓް އަދި ޓީޓީއެމް ކަނެކްޓް އޮންނާނެ އެވެ.

ބީއެމްއެލްގެ ޗީފް ބިޒްނަސް އޮފިސަރު މޫސާ ނިމާލް ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާގެ ކުރިމަގު ބައްޓަން ކުރުމުގައި ބީއެމްއެލް އަކީ މުހިންމު ބައިވެރިއެއް ކަމަށާއި އަދި ފަތުރުވެރިކަން ކުރިއެރުވުމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭ ކަމަށެވެ.

"ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ކުރިމަގު ބައްޓަންކުރުމުގައި ބީއެމްއެލް އަކީ މުހިއްމު ބައިވެރިއެއް އަދި މި ސިނާއަތް ކުރިއެރުވުމަށް މި ބޭންކުން ނުހަނު އަހުމިއްޔަތުކަމެއް ދެން. ދިވެހި އިގްތިސާދު ކުރިއެރުމުގައި އެންމެ އިސް ދައުރެއް އަދާކުރަނީ ފަތުރުވެރިކަން. ބީއެމްއެލްގެ އިތުބާރުކުރެވޭ މާލީ ހިދުމަތްތަކާއެކު ޓްރެވެލް އެކްސްޕީރިއަންސް އިތުރަށް ރަނގަޅު ކުރުމަށާއި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެހީތެރިވުމަކީ ބޭންކަށް ލިބޭ ފަރުހުރެއް." ނިމާލް ވިދާޅުވި އެވެ.

ގައުމީ ބޭންކުން އަންނަނީ އެކި ގޮތްގޮތުން ފަތުރުވެރިކަމުގެ ދާއިރާއަށް އެހީތެރިވަމުންނެވެ. އޭގެ ތެރޭގައި ރިސޯޓް އަދި ގެސްޓްހައުސް ފަދަ ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށް ބޭނުންވާ ޒަމާނީ މާލީ ހިދުމަތްތައް ދިނުމާއި ސްޓްރެޓްޖިކް ޕާޓްނާޝިޕް ގާއިމުކޮށް އެ ދާއިރާ ކުރިއެރުވުމަށް ކުރެވޭ އެކިއެކި މަސައްކަތްތައް ހިމެނެ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް