
ސްޓެލްކޯ
މައްސަލަ ހައްލުކޮށް މާލެ އާއި ހުޅުމާލެއަށް ކަރަންޓު ދީފި
އަލީ މިދުހަތު
23 ޖުލައި 2025 - 01:18:35
މާލެއާއި ހުޅުމާލޭގެ ސަރަހައްދުތަކަށް މިރޭ ކަރަންޓު ކެނޑުނުތާ ގަޑިއެއްހާއިރު ފަހުން، ހުރިހާ ސަރަހައްދަކަށް ކަރަންޓު ދީފައިވާ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
ސްޓެލްކޯ އިން ބުނީ މާލެ އަދި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ.
އެގޮތުން މައްސަލަ ހައްލުކޮށް، ހިދުމަތް މެދުކެނޑުނު މާލެއާއި ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް މިހާރު އަލުން ކަރަންޓު ދެވިފައިވާ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.
އަދި ކަރަންޓުގެ ހިދުމަތް ނުލިބޭ އެއްވެސް ކަސްޓަމަރެއްވާނަމަ، ސްޓެލްކޯގެ ހޮޓްލައިން 104 އަށް ގުޅުމަށް އެ ކުންފުނިން ވަނީ އެދިފަ އެވެ.
މިފަހުން މާލެ ސަރަހައްދުގައި ކަރަންޓު ކެނޑުމުގެ މައްސަލަތައް އިތުރުވެ، ގިނަ ބަޔެއްގެ ޝަކުވާތައް ސްޓެލްކޯއަށް ހުށަހަޅައިފައިވެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް