
މިކެމްޕެއިނުގެ ދަށުން ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް ހާއްސަ އޮފަރތަކެއް ލިބިގެންދާނެ އެވެ. މިއީ، އުރީދޫން ބުނި ގޮތުގައި، ކަސްޓަމަރުންގެ ބިހޭވިއާއަށް ބެލުމަށް ފަހު ހާއްސަކުރެވޭ އޮފާތަކެކެވެ.
އުރީދޫން ބުނީ ސުޕާޑީލްސްގެ ތެރޭގައި ބޯނަސް ޑޭޓާ ޕެކޭޖުތަކާއި ޑިސްކައުންޓްތަކުގެ އިތުރުން ހާއްސަ ހަދިޔާތައްވެސް ހިމެނިފައިވާނެ ކަމަށާއި އަދި ލިބޭ އޮފާތައް ބަދަލުވެސް ވާނެ ކަމަށެވެ.
އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހާލިދު އަލް ހަމާދީ ވިދާޅުވީ #929* ސުޕަޑީލްސްއާ އެކު ކަސްޓަމަރުންނަށް ލިބިގެންދާ ވެލިއު އިތުރުވެގެންދާނެ ކަމަށެވެ.
އުރީދޫގެ އަމާޒަކީ، އެ ކުންފުނިން ބުނި ގޮތުގައި، ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުންނަށް ގުޅާލައި ދިރިއުޅުމުގައި ކުރަންޖެހޭ ކޮންމެ ކަމެއްވެސް ރައްކާތެރިކަމާ އެކު ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ކުރެވޭނެ މަގުފަހިކޮށްދިނުމެވެ.