މި މަގާމަށް އެ ހޮސްޕިޓަލުން ދީފައިވާ ނަމަކީ "ޕޭޝަނަޓް ސަޕޯޓް ކޯޑިނޭޓާ" އެވެ. މީ މީހުން މަސައްކަތް ކުރަންޖެހޭނީ އައޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލް، ހުޅުމާލޭ ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލުގެ އިތުރުން މޯލްޑިވްސް ބްލަޑް ސާވިސަސް ގައެވެ.
މި މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކީ ގްރޭޑް 10 ނިންމާފައިވުން ނުވަތަ ގްރޭޑް ހަތެއް ނިންމާފައިވުމާއި އެކު ކަމާއި ގުޅޭ ދާއިރާއަކުން ހަތަރު އަހަރު ދުވަހުގެ ތަޖުރިބާ ހުރުމެވެ. އެހެންނަމަވެސް މި މަގާމަށް ހޮވޭ މީހުންނަށް ދޭ މުސާރައިގެ އަދަދެއް އައިޖީއެމްއެޗަކުން ނުބުނެއެވެ.
"ޕޭޝަނަޓް ސަޕޯޓް ކޯޑިނޭޓާ" ކުރަން ޖެހޭ މަސައްކަތް
މި މަގާމަށް މީހުން ހޮވާއިރު ބަލާނީ މަގާމުގެ މަސައްކަތާއި ގުޅޭ ދާއިރާއިން ހާސިލުކޮށްފައިވާ ތައުލީމާއި ތަމްރީނާއި މަސައްކަތުގެ ތަޖުރިބާއަށްކަމަށް އައިޖީއެމްޗުން ބުނެއެވެ.
މި މަގާމަށް ކުރިތިމަތިލާން ބޭނުންވާ ފަރާތްތަކުން މިމަހުގެ 29 ވަނަދުވަހުގެ ކުރިން ހުށައެޅުމަށް އައިޖީއެމްއެޗުން ބުނެއެވެ. އަދި އިންޓަވިއުތައް މާދަމާއިން ފެށިގެން މިމަހުގެ 30ގެ ނިޔަލަށް ކުރިޔަށްދާނެކަމަށްވެސް އައިޖީއެމްއެޗުން ބުނެއެވެ.