
"ޑްރީމް" މިނަމުގައިވާ މި ޓެޓޫއަކީ މި މަހު ބޭއްވި ޑެޑްލައިން ވޯލްޑް ޓުއަރގެ ތެރެއިން ފޭންސްއަށް ފެނުނު އެއްޗެއްކަމަށް ވެއެވެ. މި ޓެޓޫގެ ފޮޓޯ ސެލެބްރިޓީ ޓެޓޫ އާޓިސްޓް ގަންހިޔޯ ޕާކް (8ޕީ) އިންސްޓަގްރާމްގައި ޝެއަރކުރުމަށްފަހު ސޯޝަލް މީޑިއާގައި މި ޓެޓޫއާބެހޭ ވާހަކަތައް ދެކެވެމުން ދެއެވެ.
ފޭންސްއިން މި ޓެޓޫގެ މާނައާމެދު ވަރަށް ގިނަގުނަ ހިޔާލުތައް ފާޅުކުރަމުން ދެއެވެ. ގިނަ ފޭންސް ގަބޫލުކުރާގޮތުގައި "ޑްރީމް" ޓެޓޫއަކީ ލިސާގެ ފުރަތަމަ ސޯލޯ އަލްބަމް "އޯލްޓާ އީގޯ" ގެ ތެރޭގައި ހިމެނޭ "ޑްރީމް" ބެލެޑް ލަވައާ ގުޅުންހުރި އެއްޗެކެވެ. މި ލަވައިގައި ހުރި ފީލިންގްސްއާއި ލިރިކްސްއަށް ބަލާއިރު ލިސާގެ އަމިއްލަ ހަޔާތުގެ ބާބަކާ ގުޅުން ހުރެދާނެކަމަށް ބެލެވެއެވެ. ފެބްރުއަރީ 2025 ގައި ރިލީޒްކުރި މި އަލްބަމްގެ ލަވައިގައި ކުރީގެ ގުޅުމަކަށް ހިތާވާ މޭރުމުން ލިރިކްސް ލިޔެފައިވާކަން ފާހަގަކުރެވެއެވެ.
ލިސާގެ އަމިއްލަ ހަޔާތާބެހޭ މައުލޫމާތު އާންމުކޮށް ހިއްސާނުކުރާއިރު، މި ޓެޓޫއަކީ އޭނާގެ ހަޔާތުގެ ސިއްރެއްކަމަށް ގިނަ ފޭނުން ދެކެއެވެ. މިއީ އޭނާގެ ލޯބީގެ ހަޔާތަ ގުޅުންހުރި އެއްޗެއްތޯ، ނުވަތަ އޭނާގެ މިއުޒިކް ކެރިއާގެ ހުވަފެންތަކާ ގުޅުންހުރި އެއްޗެއްތޯ ވެސް ފޭންސް އަޅާކިޔަމުން ދެއެވެ. ލިސާގެ މިޓެޓޫއަކީ އޭނާގެ ކުރީގެ ޓެޓޫތަކާއެކު، ގަޔަށް ޖެހި ހަވަނަ ޓެޓޫއެވެ. ކުރިން އޭނާ ހަދާފައިވާ ޓެޓޫތަކުގެ ތެރޭގައި ބުރަކަށީގައި ހަދާފައިވާ އެޑެލްވައިސް މާމެލާމެއި، ގަލަމަތީގައި ބައިބްރާނަ، އަތުގައި ފެއަރީއެއް، އަދި އޭނާގެ ސޯލޯ ކެރިއަރ ފާހަގަކޮށް "ލްލައުޑް" އަދި "ރޮކްސްޓާ" ޓެޓޫ ހިމެނެއެވެ.