
މި ޗެމްޕިއަންޝިޕް ކުރިއަށްދާނީ އޮގަސްޓް ދެވަނަ ދުވަހުގެ ނިޔަލަށް ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގަ އެވެ.
ދިރާގުން ބުނި ގޮތުގައި ހަތަރު މެޗުގެ ފޯމެޓަށް ކުރިއަށްގެންދާ މި މުބާރާތުން ވަނަވަނަ ހޯދާ ގޭމް ކުޅުންތެރިންނަށް ޖުމްލަ 170000 ރުފިޔާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ޗެމްޕިއަންޝިޕްގެ އެފްސީ 25 އަދި ރޮކެޓް ލީގް ޓޯނަމެންޓްގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.
ޑީއެމްޖީސީ 2025 ގައި ހިމެނޭ މައިގަނޑު ގޭމިން މުބާރާތްތަކުގެ އިތުރުން ގިނަ ހަރަކާތްތަކެއް ކުރިއަށް ދާނެ އެވެ. މި ގޮތުން، ޑީއެމްޖީސީއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ރޭސިންގ ސްޓިމިއުލޭޓަރު ޒޯން، ވާޗުއަލް ރިއާލިޓީ (ވީއާރު) ޒޯން، ފްރީ ޓު ޕްލޭ ޒޯނަކާއެކު ބޯޑް ގޭމްސް ފަދަ ކުޅިވަރުތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
މިއީ ގޭމް ކުޅުންތެރިންނަށް އަދި ގޭމިން އަށް ލޯބިކުރާ ފަރާތްތަކަށް ފޯރިގަދަ ތަޖުރިބާއެއް ކޮށްލުމަށް ލިބޭ ފުރުސަތެކެވެ.
ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމް ކަމުގައިވާ ޑީޖީޖީ އިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް އަދި ގޭމިން ކޮމިއުނިޓީ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ޑީޖީޖީ އިން ކުރިއަށް ގެންދާ ހަރަކާތްތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ޑީޖީޖީ ވެބްސައިޓުން ލިބޭނެ އެވެ.