ads
އުރުފީގެ މޫނު ފުފިފައި
ތުންފަތް ރީތިކުރަން އުޅެނިކޮށް އުރުފީގެ މޫނު ފުފިއްޖެ
ތުންފަތް ރީތިކުރަން އުޅެނިކޮށް އުރުފީގެ މޫނު ފުފިއްޖެއެވެ.
Advertisement

ބޮލީވުޑް ތަރިއެއް ކަމަށްވާ އުރުފީ ޖާވެދު ދާދި ފަހުން ސޯޝަލް މީޑިއާގައި ކިޔައިދިނީ އޭނާގެ ތުންފަތައް އިިންޖެކްޓުކި ލިޕް ފިލާރު ނެގުމުން އޭނާގެ މޫނަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ވާހަކައެވެ. އެގޮތުން، އޭނާގެ މޫނު ވަރަށް ބޮޑަށް ދުޅަވެ ވަނީ ފުފިފައެވެ. 

"މި ދުޅަ އުފެދިފައިވަނީ ލިޕް ފިލާރު ޖެހުމުގެ ސަބަބުން ނޫން. އަސްލު އެއީ ފިލާރު ނެގުމުން ސަބަބުން ދިމާވި ކަމެއް،" އުރުފީ ބުންޏެވެ.

އުރުފީގެ ތުންފަތުއް ކުރިން އިންޖެކުޓުކުރި ފިލާރުތައް ގޯސްކޮށް ހުރުމުން. އެ ފިލާރުތައް ނައްތާލުމަށް ހަޔެލޫރޮނިޑޭޒް ކަމަށް ކިޔާ އެންޒައިމެއް ބޭނުންކުރިއެވެ. މިފަދަ ޕްރޮސީޖަރތަކުގައި، ހަޔެލޫރޮނިކް އެސިޑް ފިލާރުތައް ނައްތާލުމުގެ ސަބަބުން ވަގުތީ ގޮތުން ދުޅަވުމަކީ އާންމުކަމެކެވެ. މި ދުޅައިގެ ހާލަތު އެންމެ ގިނަވެގެން ދެމިގެންދަނީ އެއް ހަފުތާއަށެވެ. 

އުރުފީ ބުނީ އޭނާގެ ތުންފަތުގައި ޖަހާފައިވާ ފިލާރުތައް ނައްތާލުމުގެ ސަބަބުން ވަރަށް ބޮޑު ވޭނަކާ ކުރިމަތިވިކަމަށެވެ. 

"ނަމަވެސް، ތުންފަތް އަލުން ރަނގަޅު ކުރުމަށްޓަކައި މިކަން ކުރަންޖެހޭނެ،" ކަމަށް އޭނާ ބުންޏެވެ.

މި ފަދަ ޕްރޮސީޖާރުތަކަށްފަހު ދުޅަ ކުޑަކުރުމަށްޓަކައި ގަނޑުފެން ޖެއްސުމާއި، ބަރު މަސައްކަތްކުރުން ހުއްޓާލުމާއި، ބޮލުގެ އިސްތަށިގަނޑު މައްޗަށް ހުންނާނޭހެން ހުޅި ޖަހާފައި ބެހެއްޓުން މުހިންމެވެ. 

17%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް