ads
ސައުދީން ކަނޑައަޅުއްވާފައި ހުންނެވި ސަފީރު ޔަހްޔާ ހަސަން އަލްގަހްތާނީ ނައިބު ރައީސްގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތް
ސަޢޫދީ އިން ރާއްޖެއަށް ދޭ އެހީގެ އަގު ނައިބު ރައީސް ވަޒަންކުރައްވައިފި
ރާއްޖެއަށް ސައުދީން ދެއްވާ އެހީގެ އަގު ވަޒަންކުރައްވާ ވާހަކަފުޅު ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ދައްކަވައިފިއެވެ.
Advertisement

މިވާހަކަފުޅު ދެއްކެވީ ރާއްޖެއަށް ސައުދީން ކަނޑައަޅުއްވާފައި ހުންނެވި ސަފީރު ޔަހްޔާ ހަސަން އަލްގަހްތާނީ ނައިބު ރައީސްގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތެއްގައެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވިދާޅުވީ ސަޢޫދީން ރާއްޖެއަށް ދެއްވާ އެއްބާރުލުމާއި ދީލަތި އެހީގެ އަގުވަޒަންކުރައްވަނީ އިހުލާސްތެރިކަމާއެކު ކަމަށެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަގީންކަން އޮތްކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސާއި ސައުދީ ސަފީރު މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ޒަމާންވީ، އުހުވަތްތެރި، ބަދަހި ގުޅުމާ ބެހޭގޮތުންވެސް މަޝްވަރާކުރައްވާފައިވެއެވެ. ސަޢޫދީއާއި ރާއްޖެއާ ދެމެދު ވަރަށް ގާތް ގުޅުމެއް އޮވެއެވެ. އަދި ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ އެކި ކަންކަމަށް ސަޢޫދީން އެހީތެރިކަން ފޯރުކޮށްދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް