ads
މިއުޒިކް އިންސްޓްރޫމަންޓެއް މީހަކު ބޭނުން ކުރަނީ:
ޒުވާނުންނަށް ހުނަރު ދައްކާލަން ތައިސޭ ކޮށި ކުއްޔަށް ދޭން ފާސްކޮށްފި
މާލެ ސިޓީ ކައުންސިލުން ޒުވާނުންނަށް އަމާޒުކޮށް އެމީހުންގެ ހުނަރުތައް ދައްކާލުމަށް ތައިސޭ ކޮށި ކުއްޔަށް ދޭން މިއަދު ފާސްކޮށްފިއެވެ.
Advertisement

މިއަދު ބޭއްވުނު ކައުންސިލުގެ ރަސްމީ އާންމު ޖަލްސާގައި ބައިވެރިވި 10 މެންބަރުންގެ އިއްތިފާގުން މި ހުށަހެޅުން ވަނީ ފާސްކޮށްފައެވެ.

މޭޔަރު އާދަމް އާޒިމް ހުށަހެޅުއްވި ގޮތުގައި، ތައިސޭ ކޮށި މިހާރުވަނީ ސާފުކޮށް ގޮނޑުކަން ފިލުވާލާފައެވެ. މިހާރު އެތަނަކީ ރަނގަޅު ބިމަކަށް ވެފައިވާތީ، އާމްދަނީ ލިބޭނެ ތަނަކަށް ބަދަލުކުރުމަށް ފެންނަ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ބިން ކުއްޔަށް ދިނުމުގައި ބިމުގެ ބޮޑުމިނަށާއި ކައުންސިލުން ބިންތައް ކުއްޔަށްދޭ އަގުތަކަށް ބަލައި، އަކަފޫޓަކަށް ޖެހޭ ވަރަށް ބިން ދޫކުރަން އޭނާ ހުށަހެޅުއްވިއެވެ.

ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު ވިދާޅުވީ އިޖުތިމާއީ ހަރަކާތްތަކަށް އެ ބިން ކުޑަ އަގެއްގައި ނުވަތަ ހިލޭ ބޭނުން ކުރެވޭނެ ގޮތް ހެދުމަށް ފެންނަ ކަމަށެވެ. ސައިފް ވިދާޅުވިގޮތުގައި ތައިސޭ ކޮށި ހުރީ ރެސިޑެންޝަލް ސަރަހައްދުތަކާ ދުރުގައި ކަމަށް ވާތީ، މިއުޒިކް ޝޯތައް ފަދަ އަޑުގަދަ ހަރަކާތްތަކަށް އެންމެ އެކަށީގެންވާ ތަނެކެވެ. މޭޔަރު އާޒިމް މިކަމަށް ތާއީދުކުރައްވަމުން ވިދާޅުވީ ޒުވާނުންނަށް ހުނަރު ދައްކާލައި އާމްދަނީ ހޯދުމުގެ ފުރުސަތު ލިބިއްޖެނަމަ، އެމީހުންނަށް ދިރިއުޅުމެއް ބިނާކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް