ads
ބީއެމްއެލް ހެޑް އޮފީސް
އެސްޑީއެފްސީ ގަތުމުގެ މުއާމަލާތް ހިންގަނީ ގާނޫނާ އެއްގޮތަށް: ބީއެމްއެލް
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އުފައްދާފައިވާ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގައި އޮންނަ ސަރުކާރުގެ ހިއްސާ ގަތުމުގެ މުއާމަލާތް ހިންގަމުންދަނީ ގާނޫނާ އެއްގޮތަށް ކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ބުނެފި އެވެ.
Advertisement

ބީއެމްއެލް އިން އެހެން ބުނީ، އެސްޑީއެފްސީގެ ސަރުކާރުގެ ހިއްސާ ގަތުމުގެ މުއާމަލާތް ބީއެމްއެލް އިން ކުރިއަށް ގެންދަނީ ރާއްޖޭގެ ބޭންކިން ގާނޫނާ ހިލާފަށް ކަމަށް ބުނެ ދައްކާ ވާހަކަތަކާ ގުޅިގެންނެވެ. ބީއެމްއެލް އިން ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.

ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ބުނީ އެސްޑީއެފްސީ ގަތުމުގެ މުޢާމަލާތްތައް ކުރިއަށް ގެންދާނީ ބޭންކިން ގާނޫނާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުމުގެ މަތީން އިޖުރާޢަތްތައް ފުރިހަމަކުރުމަށްފަހުގަ ކަމަށެވެ. ބޭންކުން މިހާރު މި މަރުހަލާތައް ކުރިއަށް ގެންދިޔުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

ބީއެމްއެލް އިން އެސްޑީއެފްސީ ގަތުމަށް ކުރިއަށްގެންދާ މުއާމަލާތްތައް ކުރިއަށްގެންދަނީ ގާނޫނާއި އެއްގޮތަށް ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ވެސް މިއަދު ވަނީ ބުނެފަ އެވެ.

"ބޭންކުން މިހާރު މި ވަނީ މި މަރުހަލާތައް ކުރިއަށް ގެންދިޔުމުގެ މަސައްކަތް ފަށާފަ އެވެ،" ބީއެމްއެލް އިން ބުންޏެވެ.

އެސްޑީއެފްސީގެ ސަރުކާރުގެ ހިއްސާ ގަންނަން ހުށަހެޅީ ބީއެމްއެލް އިން ކަމަށް އެ ބޭންކުން ބުންޏެވެ. އެ ހުށަހެޅުމަށް ބަލައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އުފައްދާފައިވާ އެސްޑީއެފްސީގެ މާލީ ގާބިލްކަން އިތުރުކޮށް އަދި ލޯނުތައް ހުއްޓުމެއް ނެތި ދޭން ބޭނުންވާތީ، އެ ކޯޕަރޭޝަންގައި އޮންނަ ސަރުކާރުގެ ހިއްސާ ބީއެމްއެލް އަށް ވިއްކާލަން ކެބިނެޓުން ވަނީ މިދިޔަ އާދިއްޔަ ދުވަހު ނިންމައިފި އެވެ.

ބޭންކް އޮފް މޯލްޑިވްސް އިން އެސްޑީއެފްސީ ގަތުމަށް ހުށަހަޅާ މުއާމަލާތާ ގުޅޭ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަށް ލިބިފައިވާ މައުލޫމާތަށް ބިނާކޮށް މި އޮތޯރިޓީ ވެސް މިއަދު ބުނީ ޑިވޮލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ ސަރުކާރުގެ ހިއްސާ ގަތުމުގެ މުއާމަލާތްތައް ބީއެމްއެލް އިން ހިންގަނީ ކަމާގުޅޭ ގާނޫނުތަކާއި ގަވާއިދުތައް އަދި އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމުގެ ޔަގީންކަން އެ ބޭންކުން ދީފައިވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް