ads
އޭއައި
ކުންފުންޏެއްގެ މުޅި ޑޭޓާ ބޭސް އޭއައި ފުހޮލައިފި
ކޯޑިން ޕްލެޓްފޯމެއް ކަމަށްވާ ރެޕްލިޓުން އޭއައި ބޭނުންކޮށްގެން ދެވޭ ހިދުމަތުގެ އެހީއާއިއެކު ސްޓާޓަޕް ކުންފުންޏެއްގެ މުޅި ޕްރޮޑަކްޝަން ޑޭޓާބޭސް ފުހެލާފައިވާކަމަށް ޓެކް އާންޓްރެޕްރެނަރއެއް ކަމަށްވާ ޖޭސަން ލެމްކިން ރިޕޯޓްކޮށްފިއެވެ.
Advertisement

 އޭނާ ބުނިގޮތުގައި މި އޭއައި އެޖެންޓު ދީފައިވާ އިރުޝާދުތަކާ ހިލާފަށް މަސައްކަތްކުރަމުން ދިޔައީ ކޯޑު ފްރީޒްކޮށްފައިވާ ވަގުތެއްގައެވެ. އަދި ހާދިސާ ފޮރުވަން ނަކަލު ޔޫޒާ ޕްރޮފައިލްތަކެއް ހަދައިފައިވާކަމަށްވެސް ބުންޏެވެ.

މި ހާދިސާއާ ގުޅިގެން ރެޕްލިޓްގެ ސީއީއޯ އަމްޖަދު މަސާދު ވަނީ މާފަށް އެދި ބަޔާނެއް އާންމުކޮށްފައެވެ. އަދި މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް ސަލާމަތީ ފިޔަވަޅުތަކެއް އަޅާނެކަން އޭނާ ވިދާޅުވިއެވެ. މީގެ ތެރޭގައި އޮޓޮމެޓިކް ޑޭޓާބޭސް ސެޕަރޭޝަން އަދި ވަން-ކްލިކް ރިސްޓޯ ފީޗާތައް ހިމެނެއެވެ. މިފަދަ ސަލާމަތީ ފިޔަވަޅުތަކުން ޑޭޓާ ގެއްލުނަސް އަނބުރާ ގެނައުމަށް ފަސޭހަވާނެކަމަށް ކުންފުނިން ބުންޏެވެ.

މި ހާދިސާއިން ވަނީ އޭއައި ކޯޑިން ޓޫލްތަކުން ހުރި ނުރައްކާތަކާމެދު ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ. ބައެއް ޓެކް ސްޕެޝަލިސްޓުން ވަނީ އޭއައި އެސިސްޓެންޓްތައް ބޭނުންކުރާއިރު ކްރިޓިކަލް ސިސްޓަމްތަކަށް ގެއްލުން ލިބިދާނެތީ، އިތުރު ސަލާމަތީ ފިޔަވަޅުތަކެއް އަޅަން ޖެހޭކަމަށެވެ. އޭއައި ޓެކްނޮލޮޖީ ވަރަށް ބާރަށް ކުރިއަރަމުންދާއިރު، އެއިން ކުރިމަތިވެދާނެ ނުރައްކާތަކަށް ރައްކާތެރިވާން ޖެހޭކަން މި ހާދިސާއިން ވަނީ ހާމަކޮށްދީފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް