ads
ސުކޫލު ދަރިވަރުންތަކެއް
ފުރަތަމަ ޓާމްގެ ކިޔެވުން ނިމި ޗުއްޓީ ފަށައިފި
މިއަހަރުގެ ދިރާސީ އަހަރުގެ ފުރަތަމަ ޓާމްގެ ކިޔެވުން ނިންމާލައި ދަރިވަރުން މިއަދު ޗުއްޓީ އަށް ހިނގައްޖެ އެވެ.
Advertisement

ފުރަތަމަ ޓާމުގެ ކިޔެވުން ނިންމާލައި މިއަދު ހެނދުނު ސްކޫލްތަކުގައި ވަނީ ދަރިވަރުންގެ ރިޕޯޓް ފޮތް ހަވާލުކޮށްފަ އެވެ.

މިއަދު ސްކޫލްތައް ބަންދުވުމާ އެކު ދަރިވަރުންނަށް 16 ދުވަހުގެ ޗުއްޓީއެއް ލިބޭނެ އެވެ. އަދި ދެވަނަ ޓާމްގެ ކިޔެވުން ފަށާނީ އަންނަ މަހުގެ 10 ގަ އެވެ.

އަހަރުގެ މެދުތެރެއިން ދިރާސީ އަހަރު ފަށާ ގޮތަށް މިދިޔަ ސަރުކާރުން ގެނައި ބަދަލު މި ސަރުކާރުން ވަނީ ކުރިން އޮތް ގޮތަށް ބަދަލުކޮށްފަ އެވެ. އެ ގޮތުން، އަންނަ ދިރާސީ އަހަރު ފަށާނީ ޖަނަވަރީ މަހެވެ. އަދި، މި އަހަރުގެ ދެވަނަ ޓާމު ޑިސެންބަރު 25 ގައި ނިންމައި، އެ މަހު 28 އިން ފެށިގެން ޖަނަވަރީ 22 އާ ހަމައަށް ބޮޑު ޗުއްޓީ ލިބޭނެ އެވެ.

ރާއްޖޭގެ އެކި ސްކޫލްތަކުގައި މި އަހަރު 90،000 އެއްހާ ދަރިވަރުން ދަނީ ތައުލީމު ހާސިލުކުރަމުންނެވެ. މީގެ ތެރެއިން 84،000 ދަރިވަރުން ކިޔަވަނީ ސަރުކާރުގެ 217 ސްކޫލުގައެވެ.

ސްކޫލުތަކުގައި މިއަހަރު 11،000 އެއްހާ ޓީޗަރުން ކިޔަވައިދެމުންދާއިރު ސަރުކާރު ސްކޫލުތަކުގައި 10،000 ޓީޗަރުން ކިޔަވައިދެ އެވެ. މިއަހަރު ސްކޫލުތަކުގައި ކިޔަވާ ކުދިންގެ ތެރެއިން 33 ޕަސަންޓް ކުދިން ކިޔަވަނީ މާލެ ސަރަހައްދުގައި ހުރި 19 ސްކޫލު ގައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް