ads
އަބްދުﷲ ޝާހިދު
ވިދިވިދިގެން ހަތަރުވަނަ ފަހަރަށް ޝާހިދަށް އޮޑިޓުން އޭ ޕްލަސް!
ވިދިވިދިގެން ހަތަރުވަނަ އަހަރަކަށް، ފޮރިން މިނިސްޓްރީގެ އޮޑިޓުން އެ މިނިސްޓްރީއަށް އޭ ސްޓާއެއް ލިބިއްޖެ އެވެ.
Advertisement

ފޮރިން މިނިސްޓްރީގެ 2023 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ބުދަ ދުވަހު ނެރުނުއިރު، އެ އަހަރު ފޮރިން މިނިސްޓްރީން މާލީ ހުރިހާ ކަމެއް ކޮށްފައިވަނީ ރަނގަޅަށް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. 

2023 ވަނަ އަހަރު، އިންތިހާބާއެކު ވެރިކަން ބަދަލުވުމާ ހަމައަށް ފޮރިން މިނިސްޓަރުކަމުގައި ހުންނެވީ މިހާރުގެ އިދިކޮޅު ލީޑަރު އަބްދުﷲ ޝާހިދުއެވެ.

2023 ވަނަ އަހަރުގެ އޮޑިޓުގައި، ހުރިހާ ކަމެއް ރަނުން ރަނަށް ރަނގަޅަށް ހުރިކަމަށް އޮޑިޓަރ ޖެނެރަލް ފާހަގަ ކުރައްވާފައިވާއިރު، ފޮރިން މިނިސްޓްރީގެ 2020، 2021 އަދި 2022 ވަނަ އަހަރުވެސް ހުރިހާ މާލީ ކަމެއްގެ ކުރިއަށް ގެންގޮސްފައިވަނީ މާލިއްޔަތު ގާނޫނާއި ދައުލަތުގެ މާލިއްޔަތު ގަވައިދާ އެއް ގޮތަށް، އަދި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގެ މަގްސަދުތައް ހާސިލްވާ ގޮތަށް ކަމަށް އޮޑިޓް ރިޕޯޓުތަކުގައި ފާހަގަ ކުރައްވާފައިވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް