
ފުުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެ ފޭސް 2 ވިނަރެސް 1 ކައިރި ރައުންޑް އެބައުޓްގެ ކައިރިންކަމަަށެވެ.
މި އެކްސިޑެންޓް ހިނގީ ކާރަކާއި ޕިކަޕެއް ޖެހިގެންކަމަށް ފުލުހުން ބުނެއެވެ. އެހެންނަމަވެސް ކާރުގައި ތިބި ދެމީހުން ވަނީ އެކްސިޑެންޓް ވުމަށްފަހު މަޑުނުކޮށް ފިލާފައެވެ.
ފުލުހުން ވަނީ މި ދެމީހުން އެކްސިޑެންޓްވުމަށް ފަހު ކާރުގައި އެހެން ސަރަހައްދަކަށް ދާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުކޮށްފައެވެ. މި ވީޑިއޯއިން ފެންނަ ގޮތުގައި އެކްސިޑެންޓަށް ފަހު މި ދެމީހުން އާއްމުކޮށް މީހުން ނޫޅޭ ސަރަހައްދަކަށް ގޮސް ކާރުން ފައިބާ ކާރަށް ލިބިފައިވާ ގެއްލުންތައް ބަލާތަން ފެނެއެވެ.
ވީޑިއޯއިން ފެންނަ ގޮތުން ކާރުގެ ކުރީކޮޅަށް ވަރަށް ބޮޑަށް ވަނީ ގެއްލުންވެފައެވެ.
ފުލުހުން ވަނީ ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމައުލޫމާތެއް ހުޅުމާލެ ޓްރެފިކް ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9772111 އަށް ގުޅާ ހިއްސާކުރަން އެދިފައެވެ.