ads
ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން
ޑްރަގާއެކު ހައްޔަރުކުރި އަންހެން ޕޮލިހުގެ ބަންދު އިތުރުކޮށްފި
މާލޭގައި ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރިން އަންހެން ފުލުހުގެ ބަންދު މުއްދަތު އިތުރުކޮށްފިއެވެ.
Advertisement

ފުލުހުން ބުނި ގޮތުގައި ޑްރަގް އެންފޯސްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރީ އދ. ކުނބުރުދޫ، ދިލްބަހާރުގެ، އައިޝަތު ޝިޔާޒާ އެވެ. އޭނާއަކީ ފުލުހެކެވެ. އޭނާގެ ބަންދު މުއްދަތު ކޯޓުން މިއަދުވަނީ އިތުރު 10 ދުވަހަށް އިތުރުކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައިއ އޭނާއާއެކު އިތުރު މީހަކުވެސް ހައްޔަރު ކުރިއެވެ. އެއީ، ހއ. ދިއްދޫ، ހަޒާރުމާގެ, ސައިފުއްﷲ އަހްމަދެވެ. މި ދެ މީހުން ހައްޔަރުކުރީ ވިޔަފާރިވެރިންގެ މިސްކިތް ކައިރިންނެވެ.

ފުލުހުން ބުނީ ދެ މީހުން ބަލައިފާސްކުރިއިރު މަސްތުވާތަކެއްޗަށް ތުހުމަތު ކުރެވޭ ތިން ރަބަރު ޕެކެޓާއި މަނާ ބޭސް ގުޅައެއް ފެނިފައިވާ ކަމަށެވެ. މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް