ads
ލަންކާގެ ރައީސް އަނޫރާ ޑިސަނަޔަކޭ
ލަންކާގެ ރައީސް ހޯމަދުވަހު ރާއްޖެ ވަޑައިގަންނަވަނީ
ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކަ އަންނަ ހޯމަދުވަހު ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
Advertisement

އެ އޮފީހުން ބުނީ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކަ މި ދަތުރުފުޅަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްކަމަށެވެ. 

ރައީސް އޮފީހު ބުނީ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކަ ހޯމަދުވަހު ރާއްޖެވަޑައިގަތުމަށްފަހު ފުރާ ވަޑާއިގަންނަވާނީ  އަންނަ ބުދަދަުވަހުކަމަށެވެ. 

ލަންކާގެ ރައީސްގެ އެ ދަތުރުފުޅުގެ ތެރެއިން ދެ ގައުމަށް އެންމެ ފައިދާ ހުރި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭ ރަސްމީ މަޝްވަރާތައް އޮންނާނެ ކަމަށް ރަައީސް އޮފީހުން ބުނެއެވެ. 

މިއީ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ލަންކާގެ ރައީސް ޑިސަނަޔަކެ ރާއްޖެ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އަދި މިއީ މިދިޔަ އަހަރު ރައީސްކަމަށް ވަޑައިގެންނެވުމަށް ފަހު، ޑިސަނަޔަކެ ބޭރު ގައުމަކަށް ކުރައްވާ ހަ ވަނަ ފުރަމާނަ ދަތުރުފުޅެވެ.

ރާއްޖެއަށް 1965ގައި މިނިވަންކަން ލިބުމުން އެންމެ ފުރަތަމަ ސިޔާސީ އަދި ހާރިޖީ ގުޅުން ގާއިމުކުރި އެއް ގައުމަކީ ލަންކާއެވެ. މާދަމާ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭއިރު ރާއްޖެ އާއި ލަންކާގެ ގުޅުމަށް ވެސް 60 އަހަރު ފުރޭނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް