ads
އަސުރު ނަމާދުވަގުތު މަރުކަޒުގެ އެތެރެ. ފޮޓޯ: އިމާމް
މޯދީ ވަޑައިގަތުމުން މަރުކަޒަށް ނަމާދުކުރަންވެސް މީހުން ނުވެއްދި
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މާލެއަށް ކުރެއްވި ދަތުރުފުޅާއި ގުޅިގެން އިސްލާމީ މަރުކަޒަށް މީހުން އެރުން މަނާކުރުމުން އެކަމާއި ކަންބޮޑުވުން ފާޅުކޮށް އެ މިސްކިތުގެ މުދިމު ކުރި ޕޯސްޓް ޑިލީޓްކޮށްލައިފިއެވެ.
Advertisement

ފުލުހުން ވަނީ މޯދީ ވަޑައިގަންނަވާތީ ޖުމްހޫރީ މައިދާނުން ފެށިގެން އެ ސަރަހައްދުގެ ބޮޑުބައެއް ބަންދުކޮށްފައެވެ. އަދި އާއްމުން އެ ސަރަހައްދަށް ވަނުން ވަނީ މަނާކޮށްފައެވެ. 

އެހެންވެ އެ ސަރަހައްދުގައި ހުންނަ އިސްލާމީ މަރުކަޒަށް ނަމާދަށްވެސް އެރޭ ގޮތް ވަނީ ނުވެފައެވެ. މިއަދުގެ އަސުރުގެ ނަމާދުގެ ވަގުތުގައި މަރުކަޒުގައި އިމާމުގެ އިތުރުން ހުރީ އެންމެ މީހެކެވެ. މިކަމާއި ކަންބޮޑުވުން ފާޅުކޮށް މަރުކަޒުގެ އިމާމު އެފްބީގައި ވަނީ ޕޯސްޓެއްކޮށްފައެވެ. 

އަސުރަށް ބަންގި ގޮވައިފިން، މިސްކިތުގައި އެންމެ މީހަކު. ދެރަ ދޯ؟،" އިމާމު ކުރި ޕޯސްޓެއްގައި ލިޔެފައިވެއެވެ.

 

އެހެންނަމަވެސް އިމާމު މިހާރު ވަނީ މި ޕޯސްޓް ޑިލީޓްކޮށްފަައެވެ. 

your imageއިންޑިއާގެ ބޮޑުވަޒީރު މޯދީ ވަޑައިގަންވާތީ ބަންދުވާނެ ސަރަހައްދުތައް ކަނޑައަޅާ ފުލުހުން އާއްމުކުރި ޗާޓް 

ފުލުހުން މިއަދު ހެނދުނު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އިންޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅާ ގުޅިގެން ޖޫމްހޫރީ މައިދާން ސަރަހައްދު 2025 ޖުލައި 26 ވަނަ ދުވަހުގެ 11:00 އިން 18:00 އަށް ބަންދުވާނެކަމަށެވެ. އޭގެތެރޭގައި ބައެއް ސަރަހައްދަކީ އެއްކޮށް ބަންދުކުރެވޭ ސަރަހައްދުކަމަށް ފުލުހުން ބުނެއެވެ. އެގޮތުން އެއްކޮށް ބަންދުކުރެވޭ ސަރަހައްދުގެ ތެރޭގައި އިސްލާމީ މަރުކަޒުވެސް ހިމެނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް