ނަމަވެސް ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ގުޅިގެން ޖުލައި 27 އަދި 28 ވަނަ ދުވަހު ސަރުކާރު ބަންދު ކަމުގައި ވިޔަސް، މި ދުވަސްތަކުގައި ދަރުމަވަންތަ ހޮސްޕިޓަލް، އައިޖީއެމްއެޗް އަދި ވިލިމާލެ ހޮސްޕިޓަލުގެ ހިދުމަތްތައް މެދުކެނޑުމެއް ނެތި ކުރިއަށްދާނެ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.
އައިޖީއެމްއެޗްއިން އިތުރަށް ބުނީ، ހޮސްޕިޓަލްގެ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން ބައެއް ބަދަލުތައް ގެންނަމުންދާ ކަމަށާއި، އެގޮތުން އައިޖީއެމްއެޗްގައި ޖުލައި 27 ވަނަ ދުވަހު އައިނު ފިހާރަ ހުޅުވައި ހިދުމަތް ދޭން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.