ads
ރައީސް މުއިއްޒު އާއި ޕްރައިމް މިނިސްޓަރު މޯދީ
ރާއްޖެއަށް އިންޑިއާއިން 750 މިލިއަން ޑޮލަރުގެ ލޯނެއް ދެނީ
ރާއްޖެއަށް އިންޑިއާއިން 750 މިލިއަން ޑޮލަރުގެ ލޯނެއް ދޭން ނިންމައިފިއެވެ.
Advertisement

މިއީ 4,850 ކްރޯޑް ރުޕީސްގެ އައު ލައިން އޮފް ކްރެޑިޓެއް ގޮތުގައި ރާއްޖެއަށް ދޫކުރުމަށް އިންޑިއާއިން އެއްބަސްވެފައިވާ ލޯނެކެވެ.

މި ނިންމުމަކީ އިންޑިއާގެ ބޮޑުވަޒީރު މޯދީ ރާއްޖެއަށް ކުރައްވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއާއެކު ބޭއްވެވި މަޝްވަރާތަކަށް ފަހު ނިންމި ނިންމުމެކެވެ. އަދި މީގެ އިތުރުން، ރާއްޖެއިން އިންޑިއާއަށް ދައްކަންޖެހޭ ދަރަނި 40 ޕަސަންޓަށް ދަށްކޮށްދީ، އަހަރަކު ދައްކަންޖެހޭ 51 މިލިއަން ޑޮލަރު 29 މިލިއަން ޑޮލަރަށް ދަށްކޮށްދީފައިވާކަން އިންޑިއާގެ ފޮރިން ސެކްރެޓަރީ ޝްރީ ވިކްރަމް މިސްރީ ވިދާޅުވެފައިވެއެވެ. 

ފޮރިން ސެކްރެޓަރީ މިސްރީ ފާހަގަކުރެއްވި ގޮތުގައި، ކުރީ ސަރުކާރާއެކު ހަދާފައިވާ 878 މިލިއަން ޑޮލަރުގެ އެލްއޯސީގެ ތެރެއިން ބޭނުންކޮށްފައިވަނީ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައެވެ. މި ބައްދަލުވުމުގައި ދެ ގައުމުގެ މެދުގައި އެތައް ދާއިރާއަކުން ގުޅުން ބަދަހިކުރުމުގެ އެމްއޯޔޫތަކެއްގައިވެސް ސޮއިކުރެވުނެވެ. ބޮޑުވަޒީރު މޯދީ، ރާއްޖޭގެ މިނިވަން ދުވަހުގެ ޖަލްސާގެ ޝަރަފުވެރި މެހެމާނުގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވަން ވަނީ ހަމަޖެހިފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް