
ޑޯރޯން ޝޯއާއި ހަވާ ބަލާލަން މީހުން ނުކުމެ މަގުތައް ފުރާލައިފައި
ޑޯރޯން ޝޯއާއި ހަވާ ބަލާލަން މީހުން ނުކުމެ މަގުތައް ފުރާލައިފި
މުހައްމަދު އާދަމް އަހްމަދު
26 ޖުލައި 2025 - 20:55:26
ވެލާނާ އެއާޕޯޓް ހުޅުވުމުގެ މުނާސަބަތުގައި މިތޭ އޮންނަ ހަވާ އެރުވުމާއި ޑްރޯން ޝޯ ބަލާން މީހުން ނުކުމެ މަގުތައް ފުރާލައިފިއެވެ.
އެއާޕޯޓް ހުޅުވަން ބާއްވާ ޑްރޯން ޝޯ އޮންނާނީ 09:20 ގައެވެ. ހަވާއެރުވުން އޮންނާނީ 09:40 ގައެވެ.
ތާރީހީ މި މަންޒަރުތައް ބަލާލަން ގިނަ ބަޔަކު މިހާރުވެސް ވަނީ މާލޭގެ މަގުތަކަށް ނުކުމެފައެވެ. އެގޮތުން އާޓިފިޝަލް ބީޗާއި އުސްފަސްގަނޑާއި ލޮނުޒިޔާރަތްކޮޅު ވަނީ މީހުންނާއިގެ ފުރާލާފައެވެ.
މިރޭ މާލޭ ވަށާ 19 ސަރަހައްދަކުން ހަވާ އަރުވާނެ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ. އަދި ހަވާ އެރުވުން 6 މިނެޓަށް ދެމިގެންދާނެކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް