
މިރޭ ބޭއްވި ތާރީހީ ރަސްމިއްޔާތަކާއި އެކު ވެލާނާ އެއާޕޯޓްގެ އާ ޓާމިނަލް ހުޅުވާދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.
ރާއްޖޭގެ 60 މިނިވަން ދުވަހާއި ދިމާކޮށް ވީއައިއޭގެ އާޓާމިނަލް ހުޅުވީ ބޮޑު ޑްރޯން ޝޯ އަކާއި ހަވާ އެރުވުމާއެކުއެވެ. މިރޭގެ މި ހަފްލާއާއި އެކު އެއާޕޯޓްގެ އާ ޓާމިނަލް ހުޅުވާ މިތަން މިވަނީ ބޭނުންކުރަން ފަށާފައެވެ.
ޓާމިނަލް ހުޅުވުމަށް ބޭއްވި ޑްރޯން ޝޯގައިވަނީ ރާއްޖޭގެ މިނިވަންކަން ދައްކުވައިދޭ ބައެއް މަންޒަރުތައް ދައްކާލާފައެވެ. އެގޮތުން އިންގިރޭސިންގެ އަތުން ރާއްޖެ މިނިވަންވުމަށް ސޮއިކުރި އެއްވަސްވުމުގައި ސޮއިކުރި މަންޒަރުވެސް ޑްރޯންތަކުން ވަނީ ދައްކާލާފައެވެ. މީގެއިތުރުން ރާއްޖޭގެ ރަށްތަކުން ފެންނަ މަންޓާރޭ އާއި ރާއްޖޭގެ ދަތުރު ފަތުރުކުރުމުގެ ނިޒާމުގައި ބޭނުން ކުރާ އުޅަނދުތައްވެސް ވަނީ ދައްކާލާފައެވެ.
ވެލާނާ އެއާޕޯޓްގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
އެއާޕޯޓް ހުޅުވަން ކުލަގަދަ ހަވާއެރުވުމެއްވެސް ވަނީ ކުރިޔަށް ގެންގޮސްފައެވެ. އެގޮތުން މާލެ ވަަށައިގެން 19 ސަރަހައްދަކުން 6 މިނެޓް ވަންދެން ވަނީ ހަވާއަރުވާފައެވެ.
ވެލާނާ އެއާޕޯޓްގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
މި މަންޒަރުތައް ބަލާލަން ގިނަ ބަޔަކުވަނީ މާލޭގެ ހެންވޭރުކޮޅު އަތިރިމައްޗަށް ނުކުމެފައެވެ.
ވެލާނާ އެއާޕޯޓްގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
އާ ޓާމިނަލުން ފަރުމާކޮށްފައިވަނީ ރާއްޖޭގެ ހިތްގައިމު ކަނޑުގެ މަންޒަރުތަކާއި ގުދުރަތީ ރީތި ރަށްތަކުގެ ނަލަ ކަމާއި ކުލަތައް ސިފަވާ ގޮތަށެވެ.
ވެލާނާ އެއާޕޯޓްގެ އާ ޓާމިނަލް
އަލަށް ހުޅުވި ޓާމިނަލުގައި 12 އޭރޯ ބްރިޖް ހުރެ އެވެ. މީ ރާއްޖެއަށް މުޅިން އާ ކަމަކެވެ. މި ބްރިޖުތަލުގެ ފަސޭހަކަމަކީ ބޯޓުން ފައިބައި ގޮތަށް ޓާމިނަލްގެ ތެރެއަށް ވަދެގެން ދެވުމެވެ.
ވެލާނާ އެއާޕޯޓްގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
މި ޓާމިނަލްގައި 47 ޗެކިން ކައުންޓަރު ހުރެއެވެ. އަދި ސެލްފް ޗެކިން ހަ ކިއޯސްކް ވަނީ ގާއިމްކޮށްފައެވެ.
ވެލާނާ އެއާޕޯޓްގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
އިންޓަނޭޝަލަން އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތައް ނިންމުމަށް ސައުދީ ފަންޑުން އިތުރު 17 މިލިއަން ޑޮލަރު (261.8 މިލިއަން ރުފިޔާ) ލޯނެއް ދިނުމުގެ އެއްބަަސްވުމުގައި މިދިޔަ އޭޕްރިލްމަހުގެ 14 ވަނަދުވަހު ވަނީ ސޮއިކޮށްފައެވެ. އެ ލޯނަކީ އާ ޓާމިނަލް ނިންމަން ސައޫދީ ފަންޑުން ދޭ ދެވަނަ ލޯނެވެ. އެގޮތުން މީގެ ކުރިންވެސް އެއާޕޯޓްގެ މަސައްކަތަށް ސައުދީ ފަންޑުން ވަނީ 200 މިލިއަން ޑޮލަރުގެ ލޯނު ދީފައެވެ.