ads
އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވާހަކަ ދައްކަވަނީ
އެކުގައި މަސައްކަތް ކޮށްފިނަމަ ތަރައްގީ ހާސިލުވާނެ: ރައީސް
ޤައުމީ މަސްލަހަތު އިސްކޮށްގެން އެކުގައި ކުރާ މަސައްކަތުން، ދާދި ފަސޭހަކަމާއެކު ވަށާޖެހޭ ތަރައްގީ ހާސިލުކުރެވޭނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

އެ މަނިކުފާނު މިހެން ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި، މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

އާ ޓަރމިނަލް ހުޅުވުމާއި، ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް އެކުގައި ފާހަގަކުރަމުންދާ މި ހާއްސަ ދަނޑިވަޅުގައި، ގައުމު އިސްކުރުމުގެ އަޒުމު ކަނޑައެޅުމަށް ރައީސް މުއިއްޒު ވަނީ އިލްތިމާސްކުރައްވާފައެވެ.  

ދިވެހީންނަކީ، އެއް ބަހަކުން ވާހަކަދައްކާ، އެއް ދީނަކަށް އުޅޭ، އެއް މާޒީއެއް ހިއްސާކުރާ، އެއް ބައެއްކަން ހަނދުމަފުޅުކޮށް ދެއްވަމުން، އަމިއްލަ މަސްލަހަތާއި ޒާތީ ތަައައްސަބަށްވުރެ ގައުމު އިސްކުރުމަކީ، އަންނާން އޮތް ޖީލުތަކަށް އުފާފާގަތިކަންމަތީ ގައުމު ވާސިލުކޮށް ދިނުމަށްޓަކައި، ކޮންމެ ދިވެއްސެއްގެ ކޮނޑުގައި އެޅިފައި އޮތް ޒިންމާއެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި އާ ޓާމިނަލަކީވެސް، ތަރައްގީއަށް ވާސިލުވުމަށްޓަކައި އެކުގައި ކުރާ މަސައްކަތްތަކުން ހާސިލުކުރެވޭ ކާމިޔާބީގެ ރަމްޒެއްކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

މި އައު ޓާމިނަލް މިނިވަން ދުވަހު ހުޅުވަން ނިންމީ ގައުމުގެ މިނިވަންކަން ދެމެހެއްޓުމުގައި އިގްތިސާދީ މިނިވަންކަމުގެ މުހިންމުވާތީކަމަށެވެ. އެގޮތުން އިގްތިސާދީ މިނިވަންކަމުގެ އެންމެ މުހިންމު ތަނބަކީ އެއާޕޯޓު ކަމަށާއި މި މަސައްކަތް ގުޅިގެން ދާނީ، ހާއްސަކޮށް ފަތުރުވެރިކަން، އަދި ޖުމުލަކޮށް މުޅި އިގްތިސާދީ ކުރިއެރުމާކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.  

ޓާމިނަލް ހުޅުވުމަަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވަނީ މިމަސައްކަތުގެ އެކި މަރުޙަލާތަކުގައި ބައިވެރިވި ފަރާތްތައް ފާހަގަކޮށް ޝުކުރު އަދާކުރައްވާފައެެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމާއި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ނަންފުޅު  ފާހަގަކުރެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް