ads
އާ ޓަރމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރައީސްގެ އިރުޝާދާއެކު އާ ޓާމިނަލްގައި ބަންގި ގޮވަން ފަށައިފި
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާއެކު، ވެލާނާ އެއަރޕޯޓުގެ އާ ޓާރމިނަލް ގައި ބަންގި ގޮވަން ފަށައިފިއެވެ.
Advertisement

ވެލާނާ އެއަރޕޯޓުގެ އާ ޓަރމިނަލްގައި ބަންގި ގޮވަން ފެށީ މިއަދުގެ އަސްރު ނަމާދުން ފެށިގެންނެވެ. މިކަން ހާމަކުރައްވައި، ސޯޝަލް މީޑިއާގައި ރައީސް މިއަދު ވިދާޅުވީ، ވެލާނާ އެއަރޕޯޓުގެ އާ ޓާރމިނަލް ގައި ފަސް ވަގުތު ބަންގީގެ އަޑު އިވޭ ގޮތަށް ހަމަޖައްސާ އެގޮތަށް ޢަމަލު ކުރަން މިއަދުގެ ޢަސްރު ނަމާދުން ފެށިގެން ވާނީ ފަށާފައި ކަމަށެވެ.

ރާއްޖޭގެ މިނިވަންކަމުގެ ރަމްޒެއް ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި މީގެ ނުވަ އަހަރު ކުރިން ބިނާކުރަން ފެށި އާ ޓާމިނަލްގެ މަސައްކަތް ނިންމައި 60 ވަނަ މިނިވަން ދުވަހުގެ އުފަލާ އެކު ޓަރނިމިނަލް ހުޅުވީ ރޭއެވެ.

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބިޔަ އެއް ޕްރޮޖެކްޓުގެ ނިމުން ފާހަގަކުރުމާ އެކު، އެތަން ހުޅުއްވައިދެއްވީ ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ޑްރޯން ޝޯ އާއި ހަވާ އެރުވުމާ އެކު، ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

އެ ޓާމިނަލްގެ މަސައްކަތް ފެށީ 2016 ވަނަ އަހަރު އެވެ. އެ ޓާމިނަލަށް ވަނީ 457 މިލިއަން ޑޮލަރު (ހަތް ބިލިއަން ރުފިޔާ) ހޭދަކޮށްފަ އެވެ. އެ ޓާމިނަލުގައި 12 އޭރޯ ބްރިޖް ހުރެ އެވެ. އެއީ ވެސް ކުރީގެ ޓާމިނަލުން ނުފެންނަ އަދި ރާއްޖެ އަށް މުޅިން އާ ކަމެކެވެ. އެއާ އެކު، ކުރިއާ ހިލާފަށް މާ ފަސޭހައިން ފަސިންޖަރުންނަށް ބޯޓުތަކަށް އެރޭނެ އެވެ.

އާ ޓާމިނަލުން އެންމެ ފުރަތަމަ ހިދުމަތް ދެނީ ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓްތަކަށެވެ. އެ އަށް ފަހު، މަޑުމަޑުން އެހެން އެއާލައިންތަކުގެ ބޯޓުތަކަށް ވެސް ހިދުމަތް ފުޅާ ކުރަމުން ގެންދާނެ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިވަގުތު 34 އަށް އެއާލައިންގެ މަތިންދާބޯޓުތަކަށް ހިދުމަތް ދެ އެވެ. އެމްއޭސީއެލްގެ އަމާޒަކީ އަންނަ ސެޕްޓެމްބަރު މަހާ ހަމައަށް ހުރިހާ އެއާލައިނަކަށް ހިދުމަތް ދެވޭ ވަރުވުމެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް