
ކުލަގަދަ ހަވާއެރުވުމަކާއި ޑްރޯން ޝޯއަކުން ރޭ ހުޅުވި އާ ޓާމިނަލް ފުރަތަމަ ޖެއްސީ ގައުމީ އެއާލައިންގެ ބޮޑު ބޯޓެވެ.
އެގޮތުން އާ ޓާމިނަލުން ފުރަތަމަ ހިދުމަތް ދިނީ އިންޑިއާގެ ކޮޗިންއިން ރާއްޖެއައި މޯލްޑިވިއަން ވައިޑް ބޮޑީ އެއާކްރާފްޓް އޭ330ގެ ފްލައިޓުން ރާއްޖެ އައި ދަތުރުވެރިންނަށެވެ. މީ މިދިޔަ ޖެނުއަރީ މަހު ރާއްޖެ ގެނައި ބޯޓެވެ.
އާ ޓާމިނަލުން ފުރަތަމަ ހިދުމަތް ދިން ދަތުރުވެރިންނަށް ރަތް ފިނިފެންމަލުން މަރުހަބާ ކިޔަނީ
މި ބޯޓުން ރާއްޖެ އާއި ދަތުރުވެރިންނަށް އާ ޓާމިނަލުން މަރުހަބާ ކިޔާފައިވަނީ ދިވެހި ރަރް ފިނިފެން މަލުންނެވެ. މި ދަތުރުވެރިންނަށް ރާއްޖެއިން މަރުހަބާކީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާ، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އާމީނާއި ޓްއަރިޒަމް މިނސްޓަރު ތާރިގު އިބްރާހިމްއާއި އެމްއޭސީއެލްގެ ޗެއާމަން އައިޝާ ނުރައިން ޖަނާހްއާއި އެ ކުންފުނީގެ އެމްޑީ އިބްރާހިމް ޝަރީފު މުހައްމަދާއި އައިލެންޑް އޭވިއޭޝަންގެ އިސްވެރިންނެވެ.
އާ ޓާމިނަލުން ފުރަތަމަ ހިދުމަތް ދިން ދަތުރުވެރިންނަށް މަރުހަބާ ކިޔަނީ
އާ ޓާމިނަލް ޖެއްސި ފުރަތަމަ މަތިންދާ ބޯޓުގެ ކްރޫންވެސް ތިބީ ދިވެހި ގައުމީ ހެދުމުގައެވެ.
އާ ޓާމިނަލުން ފުރަތަމަ ހިދުމަތް ދޭނީ ގައުމީ އެއާލައިންގެ މަތިންދާބޯޓުތަކެށެވެ. އޭގެ ފަހުން އަންނަ ސެޕްޓެމްބަރު މަސް ފެށޭއިރަށް އެ އެއާޕޯޓު ބޭނުންކުރާ 34 އެއާލައިންގެ މަތިންދާ ބޯޓުތަކަށް އާ ޓާމިނަލުން ހިދުމަތް ދޭން ފެށުމަކީ އެމްއޭސީއެލްގެ އަމާޒެވެ.
އާ ޓާމިނަލް ޖައްސާ ފުރަތަމަ ފްލައިޓްގެ ކެބިން ކުރޫން ދިވެހި ހެދުމުގައި
އާ ޓާމިނަލަށް 457 މިލިއަން ޑޮލަރު (ހަތް ބިލިއަން ރުފިޔާ) ހޭދަކޮށްފައިވެއެވެ. މި ޓާމިނަލުން އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެކަމަށް އެމްއޭސީއެލުން ބުނެއެވެ.