ads
އައިޖީއެމްއެޗް އައިނު ފިހާރަ ހުޅުވާ ފުރަތަމަ ކަސްޓަމަރަށް ރަައަީސް މުއިއްޒު އައިނު ހަވާލުކުރައްވަނީ
އައިޖީއެމްއުޗުން އައިނު ހަދާދީ ވިއްކަން ފަށައިފި
އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ހެދި އައިނު ފިހާރަ ހުޅުވައިފިއެވެ.
Advertisement

މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްގެ އައިނު ފިހާރަ، އެމް.ސީ.ޖީ.އެޗް އޮޕްޓިކަލްސް، ރަސްމީކޮށް ހުޅުވާދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.

އައިނު ހެއްދުމަށް އާސަންދައިން ދޫކުރާ މިންވަރު 2000 ރުފިޔާއަށް މަތިކޮށް،  ރަނގަޅު ފެންވަރުގެ އައިނު، ލުއިފަސޭހަކަމާއެކު، ހެޔޮއަގުގައި ލިބޭނެ ގޮތް ހެދުމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން އައިނު ވިޔަފާރި ފައްޓަވާނޭކަމަށް ރައީސް މުއިއްޒު އިޢުލާންކުރެއްވީ މިއަހަރުގެ މޭ މަހުގެ 31 ގައެވެ.

އެމް.ސީ.ޖީ.އެޗް އޮޕްޓިކަލްސް ހުޅުއްވައިދެއްވުމަށްފަހު ރައީސް މުއިއްޒު ވަނީ، އެ ފިހާރަ ބައްލަވާލައްވާފައެވެ. އަދި އެ ފިހާރައިން ހިދުމަތް ހޯއްދެވި ފުރަތަމަ ތިން ފަރާތާ، އައިނު ހަވާލުކޮށްދެއްވާފައި ވަނީވެސް އެ މަނިކުފާނެވެ.

your imageއައިޖީއެމްއެޗް އައިނު ފިހާރަ ހުޅުވާދެއްވުމަށްފަހު ރައީސް މުއިއްޒު އެތަން ބައްލަވާ ލައްވަނީ 

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާޤު ހަލީމް ވިދާޅުވީ އައިޖީއެމްއެޗްގައި އައިނު ވިއްކާ ފިހާރަ ހުޅުވުން އެތަނުން އައިނަށް ނަމްބަރު ނެގުމުގެ ހިދުމަތް ލިބޭނެކަމަށެވެ. އަދި އެހެން ތަނަކުން ނަމްބަރު ނަގައިންގެން އަންނަ ފަރާތްތަކަށްވެސް އައިޖީއެމްއެޗް އައިނު ފިހާރައިން އައިނު ހެއްދޭނެކަމަށްވެސް ހަލީމް ވިދާޅުވިއެވެ.  

އައިޖީއެމްއެޗް އައިނު ފިހާރަ ހުޅުވުމަށްފަހު ވަރަށް އަވަހަށް ހުޅުމާލޭ ހޮސްޕޮިޓަލުގައިވެސް އައިނު ފިހާރައެއް ހުޅުވާނެކަމަށް ލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވިއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް