ads
ފަހި ޔޫނިއަންގެ ފަރާތުން އަލީ ހުސައިން ވާހަކަދައްކަވަނީ: ވިދާޅުވީ، ފުލެޓު އެއްބަސްވުންތަކުގައި ނުރައްކާތެރި މާއްދާތަކެއް އެބަހުރި ކަމަށް - ފޮޓޯ: ސަން
އެފްޑީސީގެ އެއްބަސްވުންތައް ހުރީ ވައުދުވި ގޮތާއި ހިލާފަށް: ފަހި ޔޫނިއަން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން އެކުލަވާލަމުންދާ އެއްބަސްވުންތައް ހުރީ ރައީސް ޑރ.މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅުތަކާއި ދިމާ ދެކޮޅަށް ކަމަށް، ފަހި ޔޫނިއަންގެ ވަކީލު ވިދާޅުވެއްޖެ އެވެ.
Advertisement

ފަހި ޔުނިއަންއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާނޫނީ ވަކީލް އަލީ ހުސެއިން ވިދާޅުވީ ބޯހިޔާވަހިކަމަށް ސަރުކާރުން ދޫކުރާ އެެއްވެސް ސްކީމެއްގައި ކުއްޔަށް ދިނުމުގެ އެއްބަސްވުމެއް މިހާތަނަށް ހަދާފައި ނުވާ ކަމަށެވެ. ނަމަވެސް 4،000 ފުލެޓު ލިބޭ މީހުންނާ ދެމެދު ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހަދަނީ ކުއްޔަށް ދިނުމުގެ އެއްބަސްވުމެއް ކަމަށާއި ފުލެޓު މިލްކު ވަނީ ކުއްޔަށް ފައިސާ ދައްކާތާ 25 އަހަރު ފަހުން ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.

އަލީ ހުސެއިން ވިދާޅުވީ އެގޮތަށް ތަފާތު އުސޫލަކުން 4000 ފްލެޓު ލިބޭ މީހުންނާއި މެދު އަމަލު ކުރެވިގެން ނުވާނެކަމަށެވެ.

އެއް މާއްދާއެއްގެ ގޮތުން ފާހަގަކުރީ އެއްބަސްވުމުގެ 18 ވަނަ މާއްދާއެވެ. އެ މާއްދާއާ ހަވާލާދީ އަލީ ވިދާޅުވީ، އެއްވެސް ސަބަބަކާ ހެދި ކުލި ނުދެއްކިއްޖެ ނަމަ ނޯޓިސް ދީފައި ފުލެޓު އަތުލުމުގެ ބާރު އޮތް ކަމަށެވެ. އިތުރަށް އެ ޔޫނިއަނުން ފާހަގަކުރީ އެއްބަސްވުމުގެ 25 ވަނަ މާއްދާއެވެ.

"ނުރައްކާތެރިކަން އަޅުގަނޑުމެން ތަންކޮޅެއް ފުންކޮށް ވިސްނާލަން ޖެހޭނެ. މިސާލަކަށް މީހަކު ކުލީގެ އެއްބަސްވުން ހަދާފައި މިއޮތީ 25 އަހަރަށް. މީހަކު މިސާލަކަށް 24 އަހަރު ވަންދެން ކުލި ދައްކަނީ. 24 އަހަރު ވަންދެން ކުލި ދައްކާފައި ޖެހިގެން އަންނަ ދެ މަހު އޭނާއަށް ކުލި ނުދެއްކުނީ. އެހިސާބުން މިވާ ގޮތަކީ އެއްބަސްވުން މިއޮތް ގޮތުން އޭނާގެ އެއްބަސްވުން ބާތިލުކޮށްލެވޭ،" އޭނާ ވިދާޅުވި އެވެ.

 

ފަހި ދިރިއުޅުން ކޯޕަރޭޝަނުން އެގްރީމެންޓް އާ ކުރަނީ އެއް ރިފަރެންސް ނަމްބަރެއްގައި ކަމަށް ވެސް އަލީ ހުސައިން ވިދާޅުވިއެވެ. ނަމަވެސް ފްލެޓްގެ އަގު ބޮޑުކޮށް، ކުއްޔާއި ގުޅޭ އެއްބަސްވުމަކަށް އެއްބަސްވުން ބަދަލުކުރަން މަސައްކަތް ކުރާ ކަމަށް އަލީ ހުސައިން ވަނީ ވިދާޅުވިއެވެ. އެހެންކަމުން އެ އެއްބަސްވުން އާ ކުރަނީ ރަނގަޅަށް ނޫން ކަމަށާއި އެއްބަސްވުމުގެ ތަބީއަތް ބަދަލުވާ ގޮތަށް އެކަން ނުކުރެވޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. 

ކުރީ ސަރުކާރުގައި ފުލެޓު ލިބޭ މީހުންނާ އެކު އެއްބަސްވުން އެކުލަވާލިކަމަށާއި އެފްޑީސީން ކުރިން އެކުލަވާލި އެއްބަސްވުމަށް ރުޖޫއަވާން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެއިތުރުން، އެ ޔޫނިއަނުން ވަނީ، ފުލެޓުތަކުގެ ޑައުންޕޭމަންޓާއި ކުލި ބޮޑުކޮށް ދައްކަން ޖެހޭތީ އެކަމާ ވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެމްޑީޕީގެ ސަރުކާރުން ނިންމައި, އިއުލާން ކުރީ އެ ސްކީމުގެ ދަށުން އެޅި ތިން ކޮޓަރީގެ ފްލެޓެއް މަހަކު 8,000 ރުފިޔާގެ ކުއްޔަކަށް ދޫކުރަންށެވެ. އަދި ދެ ކޮޓަރީގެ ފްލެޓެއް 6,000 ރުފިޔާގެ މަހު ކުއްޔަކަށް ދޫކުރާށެވެ.

ނަމަވެސް މި ސަރުކާރުން ނިންމާފައި ވަނީ ފްލެޓްތަކުގެ އެޑްވާންސް ފީއެއްގެ ގޮތުގައި ތިން ކޮޓަރީގެ ފްލެޓްތަކުން 25,000 ރުފިޔާ ނެގުމަށެވެ. އަދި ދެ ކޮޓަރީގެ ފްލެޓްތަކަށް 15,000 ރުފިޔާގެ އެޑްވާންސް ފީއެއް ނަގަން ވަނީ ނިންމައިފައެވެ. އަދި ދެ ކޮޓަރީގެ ކުއްޔަށް މަހަކު 7،000 ރުފިޔާ ނެގުމަށާއި ތިން ކޮޓަރިއަށް 9،000 ރުފިޔާ ނެގުމަށް ވަނީ ނިންމައިފައެވެ. ތިން ކޮޓަރީގެ އެޕާޓްމެންޓަށް މެއިންޓެނެންސް ފީގެ ގޮތުގައި މަހަކު 1،500 ރުފިޔާ ނަގާއިރު ދެ ކޮޓަރިން ނަގަނީ 1,000 ރުފިޔާ އެވެ.

ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން 4،000 ފްލެޓް ހިމެނެނީ ޖުމްލަ 32 ޓަވަަރުގަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ތިން ކޮޓަރީގެ 2،800 ޔުނިޓާއި ދެ ކޮޓަރީގެ 1،200 ޔުނިޓެވެ.

ރާއްޖެ ޓީވީއަށް ފޯނުން ދެއްވި އިންޓަވިއޫއެއްގައި ރައީސް ސޯލިހު އިއްޔެ ވިދާޅުވީ "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން އެޅި 4،000 ފްލެޓުގެ ކުލި މި ސަރުކާރުން ބޮޑު ކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށާއި އެ ކުލި ދެން އަންނަ އެމްޑީޕީގެ ވެރިކަމެއްގައި ކުޑަކޮށް ދޭނެ ކަމަށެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް