މިއަދު ހެނދުނު ވަޅިން ހަމަލާ ދިނުމުގެ ސަބަބުން މަރުވެފައިވަނީ ލ. މާވަށު ނަލަހިޔާ، އުމުރުން 29 އަހަރުގެ މޫސާ އިބްރާހިމް އެވެ.
ފުލުހުން ބުނީ، މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ ހދ. ނޮޅިވަރަންފަރު، އަސަރީ މަންޒިލް، އުމުރުން 29 އަހަރުގެ މުހައްމަދު އިބްރާހިމްކަމަށެވެ.
މާވަށުން ވާހަކަ ދެއްކި މީހަކު ބުނީ މޫސާ އިބްރާހިމަށް ހަމަލާ ދީނީ އޭނާ ރަށު ވޮލީ ކޯޓް ކައިރީ ހުއްޓާ ކަމަށެވެ. އަދި އޭނާއަށް ހަމަލާދީފައި ވަނީ ފަހަތުން އައިސް ނޭނގި ހުއްޓާ ކަރަށް ކަމަށް ވެސް ރަށުން ވާހަކަ ދެއްކި މީހުން ބުނެ އެވެ.