މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވައި ގަދަވެ ވިއްސާރަކުރާނެ ކަމަށެވެ.
ހާއްސަކޮށް ބުދަ، ބުރާސްފަތި މި ދެ ދުވަހު އާންމު ވައި ވަރަށް ގަދަވާނެ ކަމަށާއި ކަނޑުތައް ގަދަވާނެކަމަށްވެސް މެޓް އޮފީހުން ބުނެއެވެ. ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބަށް ގުގުރުމާއި އެކު ވިއްސާރަ ކުރާނެކަމަށާއި އަދި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މެޓް އޮފީހުން ބުނެއެވެ.
އުތުރުގެ ރަށްތަކަށް ހުޅަނގާއި ހުޅަނގު އުތުރުން، އަދި އެހެން ހިސާބުތަކަށް އިރާއި އިރުދެކުނުން، ގަޑިއަކު ހަތް މޭލާއި 17 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.