
މިނިސްޓަރު މިކަން ހާމަކުރެއްވީ މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ މަސައްކަތްތައް މުރާޖާކުރުމަށް އެ މިނިސްޓްރީން ބޭއްވި "އަހަރު މެދު މުރާޖާ" ނަމުގައި ކުރިއަށް ގެންދިޔަ ބައްދަލުވުމުގައެވެ.
މިނިސްޓްރީގެ މަސައްކަތްތެރިންނަށް އަމާޒުކޮށް ތައާރަފުކުރާ މި އެވޯޑުގެ މައިގަނޑު ބޭނުމަކީ މުވައްޒަފުންނަށް ހިތްވަރު ދިނުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މަސައްކަތްކުރުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް ގެންނަން ޖެހޭކަމަށާއި، ކޮންމެ ދުވަހެއްގެ މަސައްކަތް ނިންމުމަށްފަހު އެ ދުވަހެއްގެ މަސައްކަތުގެ ރިޕޯޓު ސުޕަވައިޒަރުންނަށް ހުށަހެޅުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ވެރިންގެ މަސްއޫލިއްޔަތަކީ އެމީހުންގެ ދަށުގައި މަސައްކަތްކުރާ މުވައްޒަފުން ގާތުން ސުޕަވައިޒްކުރުން ކަމަށް މިނިސްޓަރު ވިދާޅުވެއްޖެއެވެ.
ލޯކަލް ގަވަރމަންޓް މިނިސްޓްރީގެ މަސައްކަތްތައް މުރާޖާކުރުމުގެ ބައްދަލުވުމުގައި އެ މިނިސްޓްރީގެ އެކި ސެކްޝަންތަކުގެ މުވައްޒަފުން ބައިވެރިވެ، މަސައްކަތްތަކާ ގުޅޭ ޕްރެޒެންޓޭޝަންތައް ހުށައަޅައި، މަސައްކަތްތައް ކުރިއަށް ގޮސްފައިވާ ހިސާބު ހިއްސާކުރިއެވެ. އަދި އަހަރު ދެބައިވުމާއެކު މަސައްކަތްތައް މުރާޖާކުރުމުން ކުރިއަށް އޮތްތަނުގައި މިނިސްޓްރީގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް މަގުފަހިވާނެކަމަށް މިނިސްޓަރު ބުންޏެވެ.