
އާރްސީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުބީން -- ފޮޓޯ: އާރްއޭސީއެލް
އާރްއޭސީއެލްގެ އެމްޑީގެ މަގާމުން މުބީން އިސްތިއުފާ ދެއްވައިފި
އަލީ މިދުހަތު
29 ޖުލައި 2025 - 21:55:04
ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުން އަހުމަދު މުބީން އިސްތިއުފާދެއްވައިފި އެވެ.
ކުންފުނީގެ އެންމެ އިސް މަގާމުން މުބީން އިސްތިއުފާ ދެއްވިކަން، އެ ކުންފުނީގެ ސޯޝަލް މީޑިއާ އެކައުންޓުތަކުން ވަނީ އިއުލާންކޮށްފަ އެވެ. އަދި އޭނާ ކުރެއްވި މަސައްކަތްތަކަށް ޝުކުރު އަދާކޮށް، ފާގަތި މުސްތަގްބަލަކަށް އެދޭ ކަމަށް އެ ޕޯސްޓުތަކުގައި ލިޔެފައި ވެ އެވެ.
އޭނާ މަގާމުން އިސްތިއުފާދެއްވާފައިމިވަނީ، އާރްއޭސީއެލް އާއި އެމްއޭސީއެލް އެއްކޮށްލުމުގެ މަސައްކަތްތައް ކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ.
ދައުލަތަށް ބުރައަކަށް ވާގޮތަށް ހިންގަމުން އައި ސަރުކާރުގެ ބައެއް ކުންފުނިތައް ބޮޑެތި ކުންފުނިތަކުގެ ދަށަށް ބަދަލުކުރުމަކީ މި ސަރުކާރުގެ އިގުތިސާދީ ސިޔާސަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެއީ، އިގުތިސާދީ ދަތިތަކުން އަރައިގަތުމަށް ހަރަދު ކުޑަކުރަން ކަނޑައެޅި ސިޔާސަތެކެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް