
މޫސުން ގޯސްވެ ބަނދަރުގައި ހުރި ބޯޓްތަކުން މޫދާ ނުބޭލި މާލޭގެ ބާޒާރުގައި ފިޔާ ލިބުން ވަނީ ދަތިވެފައެވެ. މިއާއެކު ފިޔާގެ އަގުވަނީ ކިލޯއެއް ގާތްގަޑަކަށް 50 ރުފިޔާއަށް އަރާފައެވެ.
އެމްޕީއެލްއިން ބުނީ އެ ކުންފުނީގެ ކާގޯ އޮޕަރޭޝަންސްއިން ރެއާއި ހަމައަށް ކުރި މަސައްކަތުން 3 ބޯޓަކުން މުދާ ހުސްކޮށްފައިވާކަމަށެވެ. އަދި ބޭލި މުދާތަކުގެ ތެރޭގައި 4720 ބަސްތާ ފިޔާ ހިމެނޭކަމަށް އެމްޕީއެލްއިން ބުނެއެވެ. އެމްޕީއެލުން ބުނީ އިއްޔެ ބަނދަރުކުރި ބައެއް ބޯޓްތަކުގައިވެސް ފިޔާ އެބަހުރިކަމަށެވެ. އެގޮތުން އެ ބޯޓްތަކުގައި 3840 ބަސްތާ ފިޔާ ހުރިކަމަށާއި އެތަކެތި ބޭލުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށް އެމްޕީއެލުން ބުނެއެވެ.
އެސްޓީއޯއިން ބުނީ ފިޔާ ލިބުން ދަތިވެފަފައިވާ މައްސަލަ ހައްލުކުރަން ފިިޔާ ޝިޕްމެންޓެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އިންޑިއާއިން ގެންނަ މި ސްޓޮކް ވަރަށް އަވަހަށް އަންނާނެކަމަށްވެސް އެސްޓީއޯއިން ބުނެއެވެ.