މަސްވެރިކަމުގެ ސިނާއަތަކީ ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާއަތަކަށް ހެދުމަކީ ސަރުކާރުގެ އަމާޒު ކަމަށް މިނިސްޓްރީން މިއަދު ބުންޏެވެ.
މަސްވެރިކަމުގެ ސިނާއަތް އިތުރަށް ކުރިއެރުވުމަށް، ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުމަހުގެ މަސްވެރިކަން ކުރިއެރުވުމަށާއި އެކުއަކަލްޗާ ދާއިރާ ތަރައްގީކުރުމަށް އިންޑިއާއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ. މި އެއްބަސްވުމުގެ ދަށުން ވެލިއު ޗެއިން ތަރައްގީކުރުމާއި، ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި، ދިރާސާތައް ކުރުމުގައި އެހީތެރިކަން ލިބޭނެއެވެ. އަދި ރާއްޖޭގެ މެރިކަލްޗާ ދާއިރާގައި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން އިތުރުކޮށް، އިންވެސްޓްމަންޓް ފުރުސަތުތައް ފަހިކޮށްދިނުމަށްވެސް މި އެއްބަސްވުމުގެ ދަށުން މަގުފަހިވެގެންދާނެކަމަށް މިނިސްޓްރީން ބުންޏެވެ.