ads
ޝަހީދު، ރައީސް ޑރ. މުހައްމަދު މުއިއްޒުއާއެކު
ޝަހީދު ހައިކޯޓަށް ނެގުން ހުއްޓުވުމަށް ދައުލަތުގެ ވަކީލެއް ކޯޓަށް
ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވި، މުހައްމަދު ޝަހީދު ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރަން ހުއްޓުވުމަށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ސީނިއާ ވަކީލަކު ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.
Advertisement

ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވި 18 ބޭފުޅުންގެ ތެރެއިން، ހައިކޯޓަށް އައްޔަން ކުރަން ޖޭއެސްސީން ނިންމީ، ޝަހީދުގެ އިތުރުން ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާއެވެ. މި ދެ ބޭފުޅުންގެ ތެރެއިން ޝަހީދު، ހައިކޯޓަށް އައްޔަން ކުރުން ހުއްޓުވުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުއްވީ، މައުލޫމާތު ލިބިފައިވާ ގޮތުގައި ދައުލަތުގެ ވަކީލެއް ކަމަށްވާ އަހުމަދު ނައުޝާދުއެވެ.

ނައުޝާދަކީ ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ވަކީލެކެވެ. ޝަހީދު ހައިކޯޓަށް ނެގުން ހުއްޓުވުމަށް، ނައުޝާދު ހުށަހެޅުއްވުމަށް ފަހު އެ މައްސަލަ ނިމެންދެން އެކަން ހުއްޓުވަން ވަގުތީ އަމުރަކަށް ވެސް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ. ޝަހީދު ހުވާކުރާ ގޮތަށް އޮތީ އަންނަ އާދިއްތަ ދުވަހުގެ ރޭގައެވެ.

ނައުޝާދުއާ ހަވާލާދީ ރިޕޯޓްތައް ބުނަނީ، ސިޔާސީ މަގާމެއް އަދާކުރެއްވި ބޭފުޅަކު، ފަނޑިޔާރު ކަމަށް އައްޔަން ކޮށްގެން ނަޒާހަތްތެރިކަމާ އެކު، މަސައްކަތް ކުރެވޭނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ.

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް މިފަހަރު ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ދަށު ކޯޓުތަކުގެ ގިނަ އަދަދެއްގެ ފަނޑިޔާރުންނާއި ކުރީގެ ފަނޑިޔާރުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް