ads
ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން
ޑްރަގާއެކު ޒުވާން އަންހެން ކުއްޖަކު ހައްޔަރުކޮށްފި
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރުން އެންމެ 18 އަހަރުގެ ޒުވާން އަންހެން ކުއްޖަކު ހައްޔަރުކޮށްފިއެވެ.
Advertisement

މަސްތުވަތާކެތި ބޭނުންކޮށް، ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ 18 އަހަރުގެ އަންހެން ކުއްޖާއަކީ ރާއްޖޭގެ އުތުރުގެ ރަށަކަށް ނިސްބަތްވާ ކުއްޖެކެވެ. އެ ކުއްޖާ، ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށްވަނީ ކްރިމިނަލް ކޯޓުން ފަސް ދުވަސް ޖަހާފައެވެ.

އެ ކުއްޖާގެ މައްޗަށް ތުހުމަތު ކުރެވޭ މަސްތުވަތާކެތި ބޭނުންކޮށް، ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރުމުގެ ތުހުމަތުތަކީ ޖިނާއީ ބޮޑެތި ކުށްތަކެކެވެ. އޭނާވަނީ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.

މި އަންހެން ކުއްޖާއާއެކު މި މައްސަލައިގައި 10 ވަރަކަށް މީހަކު ހައްޔަރު ކުރިއިރު އޭގެ ތެރެއިން ބައެއް މީހުންގެ ބަންދަށް ފަސް ދުވަސް، އަދި ބައެއް މީހުންގެ ބަންދަށް ހަތް ދުވަސް ޖަހާފައިވާއިރު، ބައެއް މީހުން ދޫކޮށްލާފައިވެސްވެއެވެ.

20%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
60%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް