ads
ފުލުހުން ހޯދައިދޭން އެދިފައިވާ ގދ. ތިނަދޫ / ދޫރަފިޝް، އިބްރާހީމް ހާރޫން (60އ)
60 އަަހަރުގެ ގދ. ތިނަދޫ މީހަކު ހޯދައިދޭން ފުލުހުން އެދެފި
ގދ. ތިނަދޫ މީހަކު ހޯދައިދޭން ފުލުހުން އާއްމުންގެ އެހީއަށް އެދެފި އެވެ.
Advertisement

ފުލުހުން ހޯދައިދޭން އެދިފައިވަނީ ގދ. ތިނަދޫ / ދޫރަފިޝް، އިބްރާހީމް ހާރޫން (60އ) އެވެ.

ފުލުހުން ބުނީ މީނާ ހޯދަނީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންކަމަށެވެ. 

ފުލުހުން ބުނީ އިބްރާހީމް ހާރޫން ހޯދަމުންދަނީ އޭނާގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީކަމަށެވެ. އަދި އޭނާ ބަންދުގައި ބަހައްޓައިގެން މިމަހުގެ7 ވަނަ ދުވަހުގެ 10:00 އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޯޓުން އަމުރުކޮށްފައިވާކަމަށްވެސް ފުލުހުން ބުނެ އެވެ. 

މި އިބްރާހީމް ހާރޫންއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅާ ހިއްސާކޮށްދިނުމަށް ފުލުހުން އެ ދެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް