ads
ހައިކޯޓު
ޝަރުއީ ކޯޓުތަކުގައި 8674 އަށްވުރެ ގިނަ މައްސަލަ ފުނިޖެހިފަ
ޝަރުއީ ކޯޓުތަކުގައި 8674 އަށްވުރެ ގިނަ މައްސަލަ ފުނިޖެހިފައިވާކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ހުސައިން ރިޒާ އާދަމް ވިދާޅުވެއްޖެއެވެ.
Advertisement

ހައިކޯޓުގެ ފަނޑިޔާރުކަމަށް އަބްދުﷲ ޖަމީލު މޫސާ އައްޔަންކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖޭއެސްސީގެ ރައީސް ވަނީ ކޯޓުތަކުގެ މައްސަލަތައް ލަސްވުމުގެ ސަބަބުން ރައްޔިތުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތައް އޮތްކަން ފާހަގަކުރައްވާފައެވެ.

ކޯޓުތަކުގައި ހުރި މައްސަލަތަކުގެ ތަފާސް ހިސާބުތައް ހާމަކުރައްވަމުން، ހައިކޯޓުގައި 981 މައްސަލަ، ކްރިމިނަލް ކޯޓުގައި 2051 މައްސަލަ، ސިވިލް ކޯޓުގައި 4077 މައްސަލަ، ފެމިލީ ކޯޓުގައި 214 މައްސަލަ، ޖުވެނައިލް ކޯޓުގައި 21 މައްސަލަ އަދި ޑްރަގް ކޯޓުގައި 1330 މައްސަލަ ހުރިކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ސުޕްރީމް ކޯޓުގައިވެސް މަރުގެ މައްސަލަތަކެއްގައި ނިހާއީ ހުކުމެއް ނެތި ދިގުލައިގެން ގޮސްފައިވާކަންވެސް ފާހަގަކުރެއްވިއެވެ.

ރިޒާ ވިދާޅުވީ މައްސަލަތައް ލަސްވަނީ ހަމައެކަނި ކޯޓުތަކުގެ ސަބަބުން ނޫންކަމަށާއި، މިކަމުގައި ޕްރޮސެކިއުޓަރ ޖެނެރަލް، ބަންޑާރަ ނައިބު، ފުލުހުންގެ ހިދުމަތް، މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަދި ދިފާއީ ވަކީލުންގެ ދައުރުވެސް އޮންނަކަމަށެވެ.

"މައްސަލަތައް ލަސްވާ ސަބަބުތަކުގައި މިހުރިހާ ފަރާތްތައް ޝާމިލްވޭ. ބައެއް ފަހަރު ހެކިން ހާޒިރު ނުވެގެން. އަނެއް ބައި ފަހަރު ހަބީރުން ނުގެނެވިގެން. އަނެއްބައި ފަހަރު ތަރުޖަމާނުން ނުލިބިގެން" މިހެން ވިދާޅުވިއެވެ.

މި މައްސަލަ ހައްލުކުރުމަށްޓަކައި ޖޭއެސްސީގެ އިސްނެގުމުގެ މަތިން ކޮންމެ ތިން މަހަކުން ކޯޓުތަކުގެ ހިންގަމުންދާ މައްސަލަތަކުގެ ތަފާސް ހިސާބުތައް ނަގަމުންދާކަމަށާއި، އަދި މައްސަލަތައް ކެންސަލްވާ ސަބަބުތައް ރިޕޯޓުކުރުމަށް ސެޕްޓެމްބަރ މަހަށް ކޯޓުތަކަށް އަންގާފައިވާކަމަށްވެސް ބުންޏެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް