ads
ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން
ޖުލައި މަހު އެންމެ ގިނައީ ވައްކަން: 277 މައްސަލަ
ޖުލައި މަހު ފުލުހުންގެ އިދާރާއަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑު ހިއްސާއެއް އޮތީ ވައްކަމުގެ މައްސަލަތައް ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
Advertisement

މި ނިމުނު ޖުލައި މަހު ޖުމުލަ 849 މައްސަލަ ހުށަހެޅުނު އިރު، މީގެ ތެރެއިން 277 މައްސަލައަކީ ވައްކަމުގެ މައްސަލަތަކެވެ. ޖޫން މަހާ އަޅާބަލާއިރު ޖުލައި މަހު ހުށަހެޅުނު މައްސަލަތައް ވަނީ ދަށްވެފައެވެ. ޖޫން މަހު ފުލުހުންނަށް ހުށަހެޅިފައިވަނީ 961 މައްސަލައެވެ.

ޖުލައި މަހު ދެވަނައަށް އެންމެ ގިނައިން ހުށަހެޅިފައިވަނީ ޓްރެފިކް އެކްސިޑެންޓްތަކުގެ މައްސަލަތަކެވެ. މި ގޮތުން ޓްރެފިކް އެކްސިޑެންޓްގެ 178 މައްސަލަ ހުށަހެޅިފައިވެއެވެ. އަދި ތިންވަނައަށް އެންމެ ގިނައިން ހުށަހެޅިފައިވަނީ މަސްތުވާތަކެތީގެ 163 މައްސަލައެވެ. މީގެ އިތުރުން، ޖުލައި މަހު އެއްޗެހި ގެއްލިގެން 69 މައްސަލަ، އަނިޔާގެ 42 މައްސަލަ އަދި މުދަލަށް ގެއްލުން ދިނުމުގެ 37 މައްސަލަ ވަނީ ހުށަހެޅިފައެވެ.

ކުށް މަދުކުރުމަށް ފުލުހުން ދަނީ މާލޭ ސަރަހައްދާއި އަތޮޅުތަކުގެ ޕޮލިސް ސްޓޭޝަންތަކުން ކައުންސިލްތަކާ ގުޅިގެން ތަފާތު މަސައްކަތްތައް ކުރަމުންނެވެ. ހާއްސަކޮށް ޓްރެފިކް އެކްސިޑެންޓްތައް މަދުކުރުމަށް ފުލުހުން ދަނީ ބާރު ސްޕީޑުގައި ނުދުއްވުމަށާއި މަގުމަތީގެ ގަވާއިދުތަކަށް އަމަލުކުރުމަށް އިލްތިމާސް ކުރަމުންނެވެ. މާލޭ ސަރަހައްދުގައި އެކްސިޑެންޓްތައް އިތުރުވަމުންދާތީ، ހާއްސަ ސިޔާސަތުތަކެއް ކަނޑައަޅައި ތަންފީޒުކުރަން ވެސް ވަނީ ފަށާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް