
މި ގަވައިދިގައިވާ ގޮތުން މި ފަންޑު ބެލެހެއްޓުމަށް ހަތް މެމްބަރުންގެ ކޮމެޓީއެއް ހަދަން ޖެހެއެވެ. މިނިސްޓަރު ކަނޑައަޅައި ނުވަޔަ އައްޔަނުކުރާ މެމްބަރުން ތިބޭ މި ކޮމެޓީގެ ޗެއާޕާސަންގެ މަސްއޫލިއްޔަތު އަދާކުރާނ،ީ ފަތުރުވެރިކަމާ އެ އިރެއްގައި ހަވާލުވެ ހުންނަ މިނިސްޓަރުކަމަށް އެ ގަވއިދުގައިވެއެވެ.
ކޮމެޓީ މެމްބަރުން ތިބެންޖެހޭ ދާއިރާތައް
- ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މެމްބަރެއް
- ޓްއަރިޒަމް މިނިސްޓްރީން މެމްބަރެއް
- ފިނޭންސް މިނިސްޓްރީން މެމްބަރެއް
- އިކޮނޮމިކް މިނިސްޓްރީން މެމްބަރެއް
- ބަންޑާރަ ނައިބުގެ އޮފީހުން މެމްބަރެއް
- ކޮންސްޓްރަކްޝަން މިނިސްޓްރީން މެމްބަރެއް
- މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މެމްބަރެއް
މި ކޮމެޓީއަށް މެމްބަރުން އައްޔަންކުރާނީ ފަސް އަހަރުދުވަހުގެ މުއްދަތައް ކަމަށް އެ ގަވައިދުގައިވެއެވެ. މި ކޮމެޓީގެ މަސްއޫލިއްޔަތަކީ ފަންޑަށް ލިބޭ ފައިސާއިން ޓޫރިޒަމް ސިނާއަތަށް މާލީ އެހީ ދޭން މަގުފަހިކޮށް، ހަރަދުތައް ބަލަހައްޓައި، ފަންޑުގެ ފައިސާއާ މެދު އަމަލުކުރާނެ ގޮތް ނިންމުމެވެ.
ފަންޑަށް ޖަމާކުރެވޭ ފައިސާ ހަރަދުކުރަންޖެހޭ ގޮތް
- ފަތުރުވެރިކަމުގެ ސިނާއަތް ތަރައްޤީކުރުމަށް ހިންގާ ހަރަކާތްތަކަށް
- ޓޫރިޒަމްގެ ވަސީލަތްތައް ކުރިއެރުވުމަށް ޓަކައި އިންވެސްޓްކުރުމަށް
- ޓޫރިޒަމްގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ގާބިލުކަން އިތުރުކުރުމަށް ޓަކައި ތައުލީމާއި ތަމްރީނު ޕުރޮގުރާމުތައް ހިންގުމަށް
- އާންމު އިޖުތިމާއީ ފައިދާ ލިބިދެނިވި ހަރަކާތްތައް ހިންގުމަށް
- ޓޫރިޒަމް ޓްރަސްޓް ފަންޑު ބޭނުންކުރެވޭނީ ފަންޑު ސްޓޭޓްމަންޓާ އެއްގޮތްވާ ގޮތުގެ މަތިން
މީލާދީ ކޮންމެ އަހަރެއް ނިމުމުން، އެ އަހަރަކު ޓޫރިޒަމް ޓްރަސްޓް ފަންޑު ހިންގި ގޮތުގެ އަހަރީ ރިޕޯޓާއި މާލީ ހިސާބު ތައްޔާރުކޮށް އެ އަހަރެއް ނިމޭތާ ތިން މަސްދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއަށާއ،ި ރައްޔިތުންގެ މަޖިލީހަށާއ،ި އޮޑިޓާ ޖެނެރަލަށާއ،ި ފިނޭންސް މިނިސްޓްރީއަށާއި ޓޫރިޒަމް މިނިސްޓްރީއަށް ހުށައަޅަން ޖެހެއެވެ.
ޓޫރިޒަމް ޓްރަސްޓް ފަންޑުގެ ރައުސްމާލު ބަހާފައި ވަނީ ހަތަރު ބަޔަކަށެވެ. އެއީ
- ޓޫރިޒަމް މިނިސްޓްރީން ހިންގާ ޓޫރިޒަމްގެ ހަރަކާތްތަކަށް ރާއްޖެ އާއި ރާއްޖެ އިން ބޭރުން ލިބޭ ސްޕޮންސަޝިޕް ފައިސާ އާއި އެ ނޫން ވެސް ފައިސާ.
- ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ސީއެސްއާރުގެ ގޮތުގައި ފަންޑަށް ދޭ ފައިސާ.
- ފަންޑުން އުފައްދާ އިންވެސްޓްމަންޓުތަކުން ލިބޭ ފައިސާ.
- އާންމުކޮށް އިއުލާނުކޮށްގެން ހުޅުވާ ބީލަންތަކުގައި ތަމްރީނުތަކަށް ދޭ ފައިސާ.
ގަވާއިދުގައިވާ ގޮތުން ޓޫރިޒަމް ޓްރަސްޓް ފަންޑު ހިންގާނީ ފަންޑުގެ ޓްރަސްޓް ސްޓޭޓްމަންޓާ އެއްގޮތަށް އަދި ފަންޑު ހިންގާ ކޮމިޓީން ކަނޑައަޅާ އުސޫލުގެ މަތިން ޓޫރިޒަމް މިނިސްޓްރީންނެވެ.