ads
ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް މިމަހު ހަތް ކުއްޖަކު މިމަހު ފުރަނީ
ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އިތުރު ހަތް ކުއްޖަކު މިމަހު ފުރަނީ
ކޮންމެ އަހަރަކު ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން ރާއްޖެ އަށް ބޭރަށް 10 ކުދިން ފޮނުވަން ފަށާފައި އޮތް ޕްރޮގްރާމްގެ ދަށުން މި އަހަރު ފޮނުވާ ކުދިންގެ ތެރެއިން ބާކީ ތިބި 7 ކުދިން މި މަހު ފުރާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
Advertisement

ޒަކާތު ފަންޑުގެ ހަރަދުގައި ކޮންމެ އަހަރަކު 10 ކުއްޖެއްގެ ބޯންމެރޯ ހެދުމަށް އިސްލާމިކް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީން ވަނީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހު ސޮއިކޮށްފަ އެވެ.

މިއަހަރު ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން ފޮނުވަން ނިންމި 10 ކުދިންގެ ތެރެއިން ތިން ކުދިން ފޮނުވީ މިދިޔަ އެޕްރީލް މަހުގެ ތެރޭގަ އެވެ.

މިނިސްޓްރީން ބުނީ މިމަހު ފޮނުވާ ހަތް ކުދިންގެ ތެރެއިން ތިން ކުދިން މިއަދު ރާއްޖެއިން ބޭރަށް ފުރާނެ ކަމަށެވެ. 

އަދި މާދަމާ އެއް ކުއްޖަކު ފުރަން ހަމަޖެހިފައިވާއިރު މި މަހުގެ 8 ވަނަ ދުވަހާއި 9 ވަނަ ދުވަސް އަދި 12 ވަނަ ދުވަހު އިތުރު ތިން ކުދިން ފުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އަބާދީގެ ނިސްބަތުން ރާއްޖެއަކީ ތެލަސީމިއާ ކުދިން އެންމެ ގިނަ އެއް ޤައުމެވެ. އެހެންކަމުން އެކުދިންނަށް ފޯރުކޮށްދޭ ހިދުމަތް ހަރުދަނާކުރުމަށްދަނީ މަސައްކަތް ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް